އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީގެ މަގާމުން ޖެނިފާ ވަކިކޮށްފި

މޯލްޑިވައިން ސްޓާފް ނައިޓްގައި ކުންފުނީގެ ޑީއެމްޑީ ޖެނިފާ ވާހަކަ ދައްކަވަނީ: ޖެނިފާ ވަނީ މިއަދު ޑީއެމްޑީގެ މަގާމުން ވަކިކޮށްފައި -- ފޮޓޯ/ މޯލްޑިވިައން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުން އައިޝަތު ޖެނިފާ މިއަދު ވަކިކޮށްފިއެވެ.

ޖެނިފާ "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވާކަން މިއަދު ހަވީރު އަންގާފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ސަބަބަކާ ހެދި ކަމެއް ހާމަކޮށްފައިނުވާ ކަމަށެވެ.

ޖެނިފާ ވިދާޅުވީ އެއީ އައިއެސްގެ ބޯޑުން ކުންފުންޏަށް މީހުން ނެގުމަށާއި ބަދަލުކުރުމަށް ނިންމަމުންދާ ނިންމުންތަކުގެ ތެރެއިން، ގެނައި ބަދަލެއް ކަމަށެވެ.

ދެހާސް ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ކުންފުނީގެ އެކި އެކި މަގާމްތައް ފުރުއްވި ޖެނިފާ، މިދިޔަ ސަރުކާރުގައި އައިއޭއެސްގެ ޑީއެމްޑީއަކަށް ހަމަޖެއްސީ ޑިސެމްބަރު 25، 2018ގައެވެ.

އޭނާ 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2016 ވަނަ އަހަރުގެ މާޗު މަހާ ހަމަޔަށް އައިއޭއެސްގެ ޑެޕިއުޓީ ހެޑްގެ މަގާމު ފުރުއްވިއެވެ.

ނަމަވެސް 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެނިފާ އެ މަގާމުން ވަކިކުރިއެވެ. އެ މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ވަޒީފާ ދިނުމަށް 2017 ވަނަ އަހަރުގެ އެޕްރީލް މަހު ޓްރައިބިއުނަލުން އަމުރުކުރިއެވެ.

އޭގެ ފަހުން އޭނާއަށް ވަޒީފާ ދިނީ 2018އިގެ ޑިސެމްބަރުގައެވެ.

comment ކޮމެންޓް