ދަރިމައިވުމާ ގުޅުންހުރި ސުވާލާއި ޖަވާބު ސެޝަނެއް ޓްރީޓޮޕުން ބާއްވަނީ

އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ރިޕްރޮޑަކްޓިވް މެޑިސިން ކޮންސަލްޓެންޓް، ޑރ. އަނީތާ ގޯރް --- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ ފާޓިލިޓީ ސާވިސަސް ނުވަަތަ ދަރިމައިވުމުގެ ޚިދުމަތްތަކާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު، އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، މި ސެޝަން ކުރިއަށް ގެންދަވާނިީ ކޮންސަލްޓެންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ރިޕްރޮޑަކްޓިވް މެޑިސިން ޑރ. އަނީތާ ގޯރު ކަމަށެވެ.

ޑރ. އަނީތާ ގޯރަކީ އިގިރޭސިވިލާތުގެ ބްރިޓިޝް ފާޓިލިޓީ ސޮސައިޓީގެ ސެޓްފިކެޓާއި، ތަމްރީނު ލިބިފައިވާ އަދި އެކްރެޑިޓް ކޮށްފައިވާ ފާޓިލިޓީ ސްޕެޝަލިސްޓެކެވެ.

އިނގިރޭސިވިލާތް، އިންޑިއާ އަދި އޮމާންގައި ވެސް ދަރިމައިވުމުގެ ޚިދުމަތް ދެއްވުމުގެ ތަޖުރިބާ ހުރި ޑރ. އަނީތާ އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަރުވާ ދެއްވާތާ 20 އަހަރު ވެއްޖެއެވެ.

"މި ފާޓިލިޓީ ސުވާލާއި ޖަވާބު ސެޝަނަކީ ވަރަށް ޚާއްޞަ ޝައުގުވެރި އަދި ތައުލީމީ ސެޝަނަކަށް ވެގެންދާނެ، މި ސެޝަންގައި ދަރިމައިވުމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި، މި މުހިންމު މައުޟޫއާ ބެހޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ޖަވާބުދެވޭނެ،" ޑރ އަނީތާ ގޯރް ވިދާޅުވިއެވެ.

އެ ސެޝަން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 16:00ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އެ ސެޝަންގައި ބައިވެރިވުމަށް، ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

comment ކޮމެންޓް