ބައިޑެންއާ ދެކޮޅަށް އެމެރިކާގެ މުސްލިމުން ހިންގާ ކެމްޕޭން ފުޅާކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ/ޕޮލިޓިކޯ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް ގެނެސް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިނުލާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ދެކޮޅަށް އެމެރިކާގެ މުސްލިމުން މި މަހުގެ ކުރީކޮޅު ފެށި ކެމްޕޭން އިތުރަށް ފުޅާކޮށްފިއެވެ.

"ހޭޝްޓެގް އެބޭންޑެންބައިޑެން"ގެ ނަމުގައި ފެށި ކެމްޕޭން އެންމެ ފުރަތަމަ ފަށާފައިވަނީ މިޝިގަން، މިނިސޯޓާ، އެރިޒޯނާ، ވިސްކޮންސިން، ފްލޮރިޑާ، ޖޯޖިއާ، ނެވާޑާ އަދި ޕެންސިލްވޭނިއާގެ މުސްލިމް ލީޑަރުންނެވެ.

އެ ކެމްޕޭން އެމެރިކާގެ 50 ސްޓޭޓެއްގައި ކުރިއަށް ގެންދާނެއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 22،000 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަނގުރާމަ އެހާ ބޮޑަށް ގޯސްވެ، ޣައްޒާގެ އާންމުންނަށް އެތައް ލާއިންސާނީ ހަމަލާއެއް ދެމުން އަންނައިރު ވެސް ހަނގުރާއި ހުއްޓައިލުމަށް ބައިޑެން ގޮވައިލަފައިނުވާތީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ އިންތިޚާބުގައި ބައިޑެންއަށް ވޯޓު ނުދޭން ވެސް މުސްލިމު ލީޑަރުން ވަނީ ނިންމައިފައެވެ.

އެ ކެމްޕެއިންގެ ތަރުޖަމާނު ހަސަން އަބްދުލް ސަލާމް ވިދާޅުވީ އެ މީހުން މަސައްކަތްކުރާނީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ބައިޑެން ބަލިކުރާށެވެ.

comment ކޮމެންޓް