މެދުކެނޑުމެއްނެތި ވާރޭ ވެހޭތީ، އަމީނީމަގުގެ މަސައްކަތް ހުއްޓިއްޖެ

އަމީނީމަގުގައި ފެންބޮޑުވެފައި: އެ މަގު ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފައި-- ފޮޓޯ: އާރްޑީސީ

މިހާރު ކުރަމުން އަންނަ އިރުވައި މޫސުމުގެ ވިއްސާރައިގައި، މެެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހޭތީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރަމުން އައި އަމީނީމަގުގެ މަސައްކަތް މަޑުޖައްސައިލައިފިއެވެ.

މިއަދު ފަތިހުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެއަށް ވެސް އަންނަނީ ވާރޭ ވެހެމުންނެވެ.

އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު، އެ ސަރަހައްދުން ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ނޫން ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މާލޭގެ ބައެއް ގޭގޭގައި ވެސް ފެންބޮޑުވެފައިވާތީ، ވެލި ބަސްތާޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވެސް ވަނީ ބުނެފައެވެ.

ވިއްސާރައިގައި ކުރިމަތިވަމުންދާ ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް