ހަފުތާ ބަންދާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަަށް މޫސުން ގޯސް ވާނެކަމަށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

މިއީ ސްކޫލް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އަންނަނީ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. އަދި ކުރިއަށް ހަފުތާ ބަންދު އޮތުމުން އެ ދުވަސްތަކުގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ.

މެޓް އޮފީހުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު އިރުވައި މޫސުން ފެށުމާ ގުޅިގެން އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާ ކަމަށެވެ.

އެއާއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މިއަދު ހަވީރު 17:00އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ. އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މި ދުވަސްވަރަކީ ފުރަތަމަ ޓާމް ބަންދަށްފަހު މީހުން ރަށްރަށަށް ފުރާ ދުވަސްކޮޅުކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބުރިޖު ހައިވޭގައި ދަތުރުކުރާއިރު ސަވާލުވެތިބުމަށް ވެސް މެޓު އޮފީހުން އެދެއެވެ.

comment ކޮމެންޓް