ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝުޖޫން

ފެބްރުއަރީ 19، 2020: ފަނޑިޔާރުންގެ މަހާސިންތާ 2020ގެ ތެރެއިން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފިއެވެ.

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، މަސްތޫރު ޙުސްނީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ މަހުގެ 17ވަނަ ދުވަހެވެ.

ޝުޖޫން އަކީ ގާނޫނީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެކެވެ. އެގޮތުން ސިވިލް ކޯޓުގެ ގާޒީކަން ކުރައްވައިފައިވެއެވެ. މިހާރު އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންނެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

މި މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަން ނިމުން އިރު ވެސް އެކަން ވެފައި ނެތުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވިއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޖޭއެސްސީގެ އޮނިގަނޑު ބަދަލުކޮށް ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް