ޓެކްނިކަލް މައްސަލައަކާ ހުރެ ރާއްޖެއިން ބޭރުގައި މާސްޓާ ކާޑު، މިވަގުތު ބޭނުން ނުކުރެވިދާނެ ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހިދުމަތް ރާއްޖޭން ބޭރުގައި މެދުކެނޑުނީ ޚިދުމަތް ދޭ ފަރާތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި އެ ކުންފުނީގެ ޓީމުތަކުން މިހާރު ނެޓުވޯކާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ބޭންކުގެ އިތުރު ބަހެއް އަދި ނުލިބެއެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ފަސޭހަ ވާނެ ގޮތަށް ބޭންކުގެ ހިދުމަތްތައް ފުޅާ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދާދި ފަހުން ވެސް ވަނީ ދެއްވައިފައެވެ.