ބަދަލުހިފުންތަކެއް ދައްކުވައިދޭ ރަވީނާގެ ވެބް ސީރީސްއެއް

މީގެކުރިން ވެސް ކާމިޔާބު ވެބް ސީރީސްތައް ކުޅެފައިވާ ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ރަވީނާ ޓަންޑަންގެ އާ ވެބް ސީރީސް "ކަރްމާ ކޯލިންގް" ފެށޭ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ޕްރިމިއާ ކުރަން ނިންމާފައިވާ މި ވެބް ސީރިސްއަކީ ރަވީނާ ހޮޓް ސްޓާއާއެކު މަސައްކަތްކުރާ ފުރަތަމަ ވެބް ސީރީސް ވެސް މެއެވެ.

ބެލުންތެރިންނަށް ޓީޒާ ވެސް ދައްކާލާފައިވާ މި ސީރީސް އަކީ، މަޝްހޫރު އޭބީސީ ސީރީސް "ރިވެންޖް" އަސްލަކަށް ބަލައިގެއް އުފައްދާފައިވާ ވެބް ސީރީސްއެކެވެ.

ޑައިރެކްޓަރު ރުޗީ ނަރައިންގެ މި އުފެއްދުން އޭބީސީއިން ގެނެސްދީފައި ވަނީ ހަތަރު ސީޒަނަކަށް ބަހާލައިގެން 89 އެޕިސޯޑުގެ މައްޗަށެވެ.

ރަވީނާ ފެނިގެންދިޔަ ނެޓްފްލިކްސްގެ ވެބް ސީރީސް "އަރަނިއަކް"އަކީ ބެލުންތެރިންގެ މަގުބޫލު ކަމާއެކު ކްރިޓިކުން ވެސް ބަތަލާގެ ހުށަހެޅުމަށް ތައުރީފު ލިބުނު ސީރީސްއެކެވެ. އިތުރު ކްރައިމް ސީރީސް އަކަށް ޑިޒްނީ ހޮޓް ސްޓާއިން ތައްޔާރުވެފައި ވާއިރު މި އަހަރު ޑިޒްނީއިން ގެނެސްދިން ކާމިޔާބު ވެބް ސީރިސްތަކުގެ ތެރޭ "ދަ ނައިޓް މެނޭޖާ"، "ތާޒާ ޚަބަރު"، "ދަ ޓްރަޔަލް" އަދި "އާރިޔާ3" ހިމެނެއެވެ.

ރަވީނާ ޓަންޑަން ވެބް ސީރީސް "ކަރްމާ ކޯލިންގް"ގެ މަންޒަރެއްގައި

ބަތަލާ ރަވީނާ ފަދަ ހުނަރުވެރި ބަތަލާއެއް ހިމަނައިގެން އުފައްދާ މި ވެބް ސީރީސް ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން ލިބޭނެ ފާޑުކިޔުން ތަކަށް އިންތިޒާރު ކުރެވޭ ކަމަށް ޑައިރެކްޓަރު ރުޗީ ނަރައިންގް ވަނީ ބުނެފައެވެ.

ރަވީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޖިއޯ ސިނަމާއިން ގެނެސްދިން ސަސްޕެންސް ތުރިލަ ފިލްމު "ވަން ފްރައިޑޭ ނައިޓް"އިންނެވެ.

comment ކޮމެންޓް