20:30
އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު ފާއިޒު ހުސައިން އައްޔަން ކުރެއްވުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި ހަ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކުރައްވައިފި އެވެ.
މި ބޭފުޅުންގެ ނަންފުޅުތަކަށް އެއްފަހަރާ ވޯޓަށް އެއްސެވުމުން ފާސްކޮށްފައިވަނީ ޖަލްސާ އަށް ހާޒިރުވެތިއްބެވި 71 މެންބަރުން ވޯޓް ދެއްވައިގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހަމަޖެއްސެވި އަހުމަދު ފާއިޒު ހުސައިނުގެ އިތުރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވުމަށް ފާސްކުރެއްވި އަނެއް ހަ ބޭފުޅުންނަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ހައިކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ހައިކޯޓުގެ ފަނޑިޔާރު އާދަމް މުހަންމަދާއި އިންތިގާލީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ގާނޫނީ ވަކީލު މުއައްތަސިމް އަދުނާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހަމަޖެއްސެވި އަހުމަދު ފާއިޒު ހުސައިން ކުރިން ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގަ އެވެ.