އިންޑިއާގެ މި އަހަރުގެ މާސްޓަ ޝެފަކަށް މުހައްމަދު އާޝިޤު

މާސްޓަރ ޝެފް އިންޑިއާ 2023 ކާމިޔާބުކުރި މުޙައްމަދު އާޝިޤް

އިންޑިއާގެ ސޮނީ ލިވްއިން ދައްކަމުން އައި 'މާސްޓަރު ޝެފް އިންޑިއާ 2023'ގެ ޗެމްޕިއަންކަން އިންޑިއާގެ ކަރްނަޓަކާ ސިޓީގެ މެންގަލޫރަށް ނިސްބަތްވާ މުޙައްމަދު އާޝިޤް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސޮނީ ލިވްއިން ގެނެސްދިން މި އަހަރުގެ މާސްޓަރު ޝެފް އިންޑިއާގެ އެންމެ ފަހު ސީޒަން މުޙައްމަދު އާޝިޤް ކާމިޔާބު ކުރީ ފައިނަލް ބުރުގައި ވާދަކުރި ނަމްބީ ޖެސިކާ މަރަކް، ސޫރަޖު ތާޕާ އަދި ޑރ.ރުކްސާރު ސަޢީދާ ވާދަކޮށްގެންނެވެ.

މާސްޓަރު ޝެފްގެ އިންޑިއާ 2023ގެ ނަސީބުވެރިޔާގެ ހައިސިއްޔަތުން އާޝިޤަށް ވަނީ 25 ލައްކަ ރުޕީސްގެ ފައިސާގެ އިނާމާއި މި ސީޒަންގެ ޓްރޮފީ އަދި ގޯލްޑަން ޝެފް ކޯޓެއް ލިބިފައެވެ. މި ލިބުނު ކާމިޔާބީއާ ގުޅިގެން މުޙައްމަދު އާޝިޤް ބުނީ ހުރިހާ ޝުކުރެއް ހައްޤު ވަނީ މާސްޓަރު ޝެފްގެ ފަނޑިޔާރުންނަށާއި އެ ޝޯވް އިންތިޒާމްކުރި ފަރާތްތަކަށް ކަމަށެވެ.

މުޙައްމަދު އާޝިޤަކީ މިހާރު ގިނަ ބަޔަކަށް ފަރިތަ ނަމަކާ މޫނެއް ކަމަށާއި މި ސީޒަންގެ ފައިނަލިސްޓުންގެ ތެރޭ ހިމެނިދާނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ކަމުގައި ޢުމުރުން 28 އަހަރުގެ ޒުވާނާ ވަނީ ބުނެފައެވެ.

ފައިނަލްގެ ގަދަ ހަތަރެއްގައި ވާދަކުރި ބައިވެރިންގެ އެންމެ ފަހު ޗެލެންޖަކަށްވީ ޝޯވްގައި އެ މީހުން ކުރި ދިގު ދަތުރު ދައްކުވައިދީ އެ މީހުންގެ އައިޑެންޓިޓީ ދައްކައިލާނެ ސިގްނޭޗާ ޑިޝްއެއް އުފެއްދުމެވެ. އިންޑިއާގެ އައްސޭރިފަށުގެ ސިޓީއަކަށް ނިސްބަތްވާ މުޙައްމަދު އާޝިޤް މި ޗެލެންޖް ކާމިޔާބު ކުރީ ކްރެބް ކޭކް މޫސް އާއި ތަރުކާރީއާ އެކު ޕްރޯން ޕިއުރީ އަދި ކޮކަމް ޕެލެޓް ކްލެންސަ ހިމެނޭ ސީފުޑް ކެއުމެއް ފަނޑިޔާރުންނަށް ހުށަހަޅައިގެންނެވެ.

މުޙައްމަދު އާޝިޤް އޭނާގެ މަންމަ އަދި މާސްޓަރު ޝެފްގެ ޝޯވްގެ ފަނޑިޔާރުންނާ އެކު

މުޙައްމަދު އާޝިޤު ނިސްބަތްވާ މަންގަލޯރުގައި ތަފާތު އެކި ވައްތަރުގެ ތާޒާ ޖޫސް ތައްޔާރުކޮށް ވިއްކުމަށް އަމިއްލަ ސްޓޯލްއެއް ހިންގަމުން އަންނަ މި ޒުވާނާ ބޭނުން ވަނީ ކަލިނަރީގެ ދުނިޔޭގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދަތުރުކުރުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހިތްވަރު ގަދަ ޒުވާނާގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއާ ގުޅިގެން މި އަހަރުގެ މާސްޓަރު ޝެފްގެ ފަނޑިޔާރުން ކަމަށްވާ ސެލެބްރިޓީ ތިން ޝެފުން ބުނެފައި ވަނީ އަޙުމަދު އާޝިޤު ވަނީ މި ސީޒަންގެ ޓްރޮފީއާ އެކު އެ މީހުންގެ ހިތް ވެސް އަތުލާފައި ކަމަށެވެ.

comment ކޮމެންޓް