އުރީދޫ އާޗާ ޕްރިޕެއިޑް ޚިޔާރުކުރުމުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫގެ އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވާ ގޮތަށް، އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރީޕެއިޑް ޕްލޭންތަކެކެވެ. ހަމައެއާއެކު އާޗާ ޕްރިޕެއިޑްގެ ޕެކްތައް މިމަހުގެ 31ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ރީޗާޖް އެންޑް ވިން ޕްރޮމޯޝަންގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި ޕްރިޕެއިޑް ޑޭޓާ ޕެކްސް އާއި އެޑްއޯންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފުތާއަކު ޚާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތަށް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް އޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.
އާޗާ 500ގެ ޕްލޭން މެދުވެރިކޮށް 60ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ 500 ރުފިޔާއަށް ލިބޭއިރު، އާޗާ 750 މެދުވެރިކޮށް 180ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު ހަ ޖީބީ ޑޭޓާ (750 ރުފިޔާއަށް) ލިބެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ، ކިޔެވުމަށް ބޭނުންކުރާ ޕެލެޓްފޯމްތަކަށާއި، ނެޓްފްލިކްސްއަށާއި ސޯޝަލް މީޑިއާއަށާއި ގޭމް ކުޅުމަށާއި، ޑައުންލޯޑް ކުރުމަށާއި ސްޓްރީމްކުރުމަށް ވެސް ބޭނުންކުރެވޭނެއެވެ.