އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސްއިން ޔޫޓާ ޖޭޒް ބަލިކޮށްފިއެވެ.
މިނިއަޕޮލިސްގެ ޓާގެޓް ސެންޓަރުގައި ކުޅުނު މި މެޗު ޓިމްބާވުލްވްސްއިން ކުރީ 101 ޕޮއިންޓުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ވުލްވްސްގެ ކާލް އެންތަނީ ޓައުންސްވަނީ 32 ޕޮއިންޓް ހޯދައިދީފައެވެ. އަދި 11 ރީބައުންޑް ނަގައިދީ ހަަތަރު އެސިސްޓް ކޮށްފައެވެ.
ޖޭޒްއަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސިމޯނޭ ފޮންޓެޗިއޯއެވެ. އޭނާވަނީ އެ ޓީމަށް 16 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީފައެވެ. އަދި ފަސް އެސިސްޓްކޮށްދީފައެވެ.
މި މުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާއާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު 133 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ.
މި މެޗުގައި ތަންޑާގެ ޝައި ގިލްޖިއޯސް އެލެގްޒެންޑާވަނީ 33 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީފައެވެ. އަދި ހަތް އެސިސްޓްކޮށްފައެވެ.