އޯލާންޑޯ މެޖިކުން ވޮޝިންޓަން ވިޒަޑްސް ބަލިކޮށްފި

ފްރާންޒް ވެގްނާވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފަ / ފޮޓޯ: ޑަބްލިއުޓީއޯޕީ

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އޯލާންޑޯ މެޖިކުން ވޮޝިންޓަން ވިޒަޑްސް ބަލިކޮށްފިއެވެ.

އޯލާންޑޯގެ އެމްވޭ ސެންޓާގައި ކުޅުނު މި މެޗު މެޖިކުން ކާމިޔާބުކުރީ 139 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނުނު މި މެޗުގައި މެޖިކުން ވަނީ މެޗުގެ ހުރިހާ ކުއާޓާއެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މެޗުގައި މެޖިކްގެ ފްރާންޒް ވެގްނާވަނީ 31 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީފައެެވެ. އަދި ތިން އެސިސްޓް ކޮށްފައެވެ.

ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓްކޮށްދިން ކައިލް ކުޒްމައެވެ.

މި މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 134 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.

މި މެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ 15 އެސިސްޓުކޮށްދިން ނިކޮލަ ޔޮކިޗްއެވެ. އޭނާ ވަނީ މި މެޗުގައި ޓްރިޕްލް ޑަބަލް ވެސް ހަދައިފައެވެ.

ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދިނުމުގެ އިތުރަށް ނުވަ އެސިސްޓުކޮށްދިން ޖެލެން ގްރީންއެވެ.

comment ކޮމެންޓް