ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އައްޔަނު ކުރެއްވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށްފިއެވެ.
ޕީސީބީ އެކުލަވައިލައިފައިވާ ކަމަށް ބުނެ އިއްޔެ އެ ބޯޑުން ވަނީ އެކްސްގައި ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް އެ ލިސްޓުގައި މުޣުނީގެ ނަމެއް ނެތެވެ.
އެ ބޯޑުގައި މިހާރު ހިމެނެނީ:
- ހަމްދީ އަގީލް - ރައީސް
- މުޙައްމަދު ފިރާލް - ނައިބު ރައީސް
- އަހުމަދު މުޝްތާގު - މެންބަރު (އެކައުންޓިން އެންޑް ފައިނޭންސް)
- ލީނާ އަބްދުލްޖަލީލް - މެންބަރު (ބޭންކިން)
- މޫސާ ފަތުހީ އާދަމް - މެންބަރު (ބިޒްނަސް އެޑްމިނިސްޓްރޭޝަން)
- ޙަސަން ޒަރީރް - މެންބަރު (އިކޮނޮމިކްސް)
- އަހުމަދު ނަޝާތު - މެންބަރު (ގާނޫނީ ދާއިރާ)
މުޣުނީ ވަނީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
މުޣުނީ އެ ބޯޑުން ވަކި ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވަައިފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.