ވަޓްސްއެޕްއިން މެސެޖުކުރާއިރު، ވާހަކަދައްކާ މީހާގެ މައުލޫމާތު 'ޗެޓް ވިންޑޯ'އިން ފެންނަ އާ ފީޗާއެއް

މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕުން އާ ފީޗާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ފީޗާގައި ކޮންޓެކްޓް ޕްރޮފައިލްގެ މައުލޫމާތު ސީދާ ޗެޓް ވިންޑޯގެ ތެރޭގައި ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިފީޗާ ފުރަތަމަ ބޭނުން ކުރެވޭނީ ހަމައެކަނި އެންޑްރޮއިޑް ޔޫޒަރުންނަށްވިޔަސް ކުރިއަށް އޮތް ތަނުގައި އައިއޯއެސްއަށްވެސް އެ ފީޗާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ވަޓްސްއެޕްއާ ގުޅުން ހުރި ފަހުގެ މައުލޫމާތު ގެނެސްދޭ ޑަބްލިއުއޭބީޓާއިންފޯ އިން ބުނި ގޮތުގައި، މިފީޗާގެ ސަބަބުން ކޮންޓެކްޓެއް އޮފްލައިންކޮށް ދެއްކުމުން އެ މީހެއްގެ ޕްރޮފައިލް އިންފޯ އެ މީހެއްގެ ނަމުގެ ތިރީގައި އެންމެ ފަހުން ފެންނަ ޓައިމްސްޓޭމްޕާ އެކު ބަދަލުވާނެއެވެ. މީގެ ސަބަބުން ޕްރޮފައިލް ފޮޓޯތަކާއި ސްޓޭޓަސް ފަދަ ތަފްސީލުތައް ބަލާލެވޭނެއެވެ.

ޚާއްޞަކޮށް ކޮންޓެކްޓަކު، ޕްރޮފައިލްގެ ތަފްސީލް އަޕްޑޭޓްކޮށްފައިވާ ނަމަ ނުވަތަ އެއްވެސް ބަދަލެއް އަތުވެއްޖެނަމަ މި ފީޗާގެ ސަބަބުން ޔޫޒަރުންނަށް އެކަން ވަގުތުން އަންގައިދެއެވެ.

މިހާރު ތަރައްގީ ކުރަމުން އަންނަ ޕްރޮފައިލް އިންފޯ ފީޗާ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް ލިބޭނީ ކުރިއަށް އޮތް ވަޓްސްއެޕް އަޕްޑޭޓް އިންސްޓޯލް ކުރުމުންނެވެ. ފަހުގެ އަޕްޑޭޓް މިހާރު އަންނަނީ ރޯލްއައުޓް ކުރަމުންނެވެ.

ވަޓްސްއެޕުން މި އާ ފީޗާ ތަޢާރަފް ކުރަން އުޅޭކަން ހާމަކޮށްފައި މިވަނީ އެ ޕްލެޓްފޯމްގައި ވޮއިސް ޗެޓާއި އީމެއިލް ވެރިފިކޭޝަންގެ އާ ފީޗާއެއް ތަޢާރަފްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ވޮއިސް ޗެޓްތަކުގައި މިހާރު ބޮޑެތި ގުރޫޕްތައް ގުޅާލުމަށް ނޮން-ޑިސްޓްރަޕްޓިވް ޕުޝް ނޮޓިފިކޭޝަންތައް ބޭނުންކުރެވޭއިރު، އީމެއިލް ލިންކިންގައި ފޯނު ނަންބަރުތަކުގެ ބަދަލުގައި ހަ ޑިޖިޓްގެ ކޯޑްތައް ބޭނުންކޮށްގެން ލޮގިން ކުރެވެއެވެ.

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޑިމާންޑަށް ބިނާކޮށް ފީޗާތައް އިތުރުކުރަމުން އަންނައިރު، އިން-ޗެޓް ޕްރޮފައިލް ވިޒިބިލިޓީ ފަދަ ފީޗާތަކުން ދައްކުވައިދެނީ އެ އެޕްލިކޭޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވާސަލާތީ ފެންވަރު ރަނގަޅު ކުރުމަށް ވަޓްސްއެޕްއިން ދޭ އަހައްމިއްޔަތުކަމެވެ.

comment ކޮމެންޓް