އަށާރަ ވަނަ ފަހަރަށް ވިލު ރީފަށް އައި 'ވިލު ސިސްޓާސް' މިއަހަރު ޒިޔާރާތް ކުރުން ވިލުރީފް ރިސޯޓުން ފާހަގަ ކޮށްފިއެވެ.
މި ދެ ފަތުރުވެރިންނަކީ އޮސްޓްރިއާގެ މެލާނީ އަދި ނިކޯލް އެވެ. 'ވިލު ސިސްޓާސް' ގެ ނަމަކީ ރިސޯޓުން އެ ދެ ފަތުރުވެރިންނަށް ޚާއްސަކޮށް ދީފައިވާ ނަމެކެވެ.
މި ދެ ފަތުރުވެރިން ފުރަތަމަ ފަހަރަށް ވިލުރިފަށް އައިސްފައި ވަނީ 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އޭގެ ފަހުން މިއީ އެ ދެ ފަތުރުވެރިން އެ ރިސޯޓަށް ޒިޔާރަތް ކުރި 18 ވަނަ ފަހަރެވެ.

18 ވަނަ ފަހަރަށް ވިލު ރީފަށް އައި 'ވިލު ސިސްޓާސް' މިއަހަރު ޒިޔާރާތް ކުރުން ___
މިކަމާ ގުޅޭ ގޮތުން އެ ރިސޯޓުގެ ފެމިލީ ކުލަބުގެ ޗެއާޕާސަން މުހައްމަދު ހަމީދު ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ރިސޯޓު ލެވެލްގައި ގްރޭންޑް ވެލްކަމިން ބާއްވާ ހަރަކާތެއް ކަމަށެވެ.
އެ ގޮތުން ކޮންމެ އަހަރަކުވެސް ޚާއްސަ ސަމާލުކަމެއް ދީގެން މި ހަރަކާތް ކުރިއަށް ގެންދާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މި އަހަރުވެސް ސަގާފީ ހަރަކާތްތަކާއެކު އެ ދެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު އެ ރިސޯޓުގެ ހުރިހާ މުވައްޒަފުން އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަން ހަމީދު ވަނީ ފާހަގަ ކޮށްފައެވެ.