ފިލްމު 'ސިންގްހަމް އަގެއިން'ގައި އަޖޭ ތަފާތު ދައްކައިލާނެ

އަޖޭ ދޭވްގަން ފިލްމު "ސިންގްހަމް އަގެއިން"ގެ ޕޯސްޓަރުގައި

ޑައިރެކްޓަރު ރޯހިތު ޝެޓީގެ އެންމެ ކާމިޔާބު ފްރެންޗައިސް ކަމަށްވާ "ސިންގްހަމް"ގެ "ސިންގްހަމް އަގެއިން"އިން އަޖޭ ދޭވްގަން ފެންނާނެގޮތުގެ ފުރަތަމަ ޕޯސްޓަރު އާއްމުންނަށް ދައްކާލައިފިއެވެ.

އަލިފާން ރޯވެފައިވާ ސިންގާއެއް ގުގުމާލާ ފަދަގޮތަކަށް އަޖޭ މި ޕޯސްޓަރުން ފެންނައިރު ފިލްމުގައި ފެންނާނެ މަންޒަރުތައް ވަރުގަދަވެފައި އެ މަންޒަރުތަކުގެ އަޑުވެސް އެހާ ގަދަވާނެ ކަމަށް ބެލުންތެރިން ވަނީ ސިފަކޮށްފައެވެ.

އަޖޭގެ މި ޕޯސްޓަރު އާއްމުންނާ ހިއްސާކުރަމުން އެކްޓަރު ބުނެފައި ވަނީ އެހެން ފަހަރުތަކާ އަޅާ ބަލާއިރު މި ފަހަރު "ސިންގަމް އަގެއިން"ގެ އަޑު ގަދަ ވެފައި ކުރިޔަށްވުރެ ސިންގަމްގެ ބާރު ވެސް ގަދަ ވާނެކަމަށެވެ.

އަޖޭ ދޭވްގަން ލީޑް ރޯލުން ފެންނާނެ މި ފިލްމުގެ މުހިއްމު ރޯލު ކުޅޭ ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އަދި ކަރީނާ ކަޕޫރު ފިލްމުގައި ފެންނާނެގޮތުގެ ޕޯސްޓަރު ވެސް ތަންކޮޅެއް ކުރިން ވަނީ ދައްކައިލާފައެވެ. އަޖޭ ސިންގްހަމްގެ ރޯލް ކުޅޭ ފުލުސް އޮފިސަރުގެ ހިތްވަރުގަދަކަމުގެ ފަހަތުގައި ވަނީ ކަރީނީ ކަޕޫރުކަން ފާހަގަކޮށްފައިވާއިރު ދިޕިކާ ޕަދުކޯން ފިލްމުގައި ކުޅެނީ އަޖޭގެ އެއްބަނޑު އެއްބަފައި ކޮއްކޮގެ ރޯލެވެ.

ކަރީނާ ކަޕޫރު ފިލްމު "ސިންގްހަމް އަގެއިން"ގައި ފެންނާނެ ގޮތް

ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި ކޮޕް ޔުނިވާސްއިން ގެނެސްދޭ މި ފްރެންޗައިސް އަކީ 2010ވަނަ އަހަރު ވުޖޫދަށް އައި ތަމަޅަ ފިލްމު ސީރީސްގެ ރިމޭކްއެކެވެ.

ފިލްމު "ސިންގްހަމް އަގެއިން" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ރޭވިފައިވާއިރު ރޯހިތުގެ ކޮޕް ޔުނިވާސްގެ ކެރެކްޓަރުން ކަމަށްވާ 'ސިމްބާ'ގެ ރަންވީރު ސިންގް، 'ސޫރަޔަވަންޝީ'ގެ އަކްޝޭ ކުމާރު އަދި ދާދިފަހުން ކޮޕް ޔުނިވާސްއާ ގުޅުނު ޓައިގާ ޝްރޮފް ވެސް މި ފިލްމުން ފެންނާނެއެވެ.

comment ކޮމެންޓް