މިސް ޔުނިވާސް ނިކަރާގުއާއަށް، ހިތް އަތުލީ ނޭޕާލް

މިސް ޔުނިވާސްގެ ތާޖު، ނިކަރާގުއާގެ ޝޭނީސް ޕަލާޝިއޯގެ ބޮލުގައި އަޅުވަނީ

ދުނިޔޭގައި ބާއެްވާ އެންމެ ބޮޑު ރީތީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ "މިސް ޔުނިވާސް"ގެ މި އަހަރުގެ ތާޖު ނިކަރާގުއާއިން އުފުލާލައިފިއެވެ.

އެލް ސަލްވަޑޯގައި ކުރިއަށް ދިޔަ މި އަހަރުގެ މިސް ޔުނިވާސްގެ އިވެންޓުގައި، މިއަހަރުގެ މިސް ޔުނިވާސްއަށް ހޮވާފައިވަނީ ނިކަރާގުއާ ތަމްސީލު ކުރުމަށް ބައިވެރިވި 23 އަހަރުގެ ޝޭނީސް ޕަލާޝިއޯއެވެ.

ޝޭނީސްގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވާފައިވަނީ މިދިޔަ އަހަރު އެ މަގާމު ހޯދި މިސް ޔުނިވާސްއެވެ. މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ މަގާމު ލިބިފައިވަނީ އެމެރިކާއަށް ނިސްބަތްވާ އާބަނީ ގެބްރިއަލްއެވެ.

ޝޭނީސް އަކީ ވަރަށް ޒުވާން އުމުރުން ފެށިގެން ބިއުޓީ ޕެޖެންޓްތަކުގައި ބައިވެރިވަމުން އަންނަ ޒުވާނެކެވެ. އޭނާއަށް އެންމެ ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރުގައި އޭނާ ވަނީ މިސް ޓީންގެ މަގާމު ނިކަރާގުއާގައި ހޯދާފައެވެ. އޭގެ ފަހުން ވެސް އެކި ކަހަލަ ބިއުޓީ ޕެޖެންޓުތަކުން އޭނާ ވަނީ މަގާމުތައް ހޯދާފައެވެ.

ޝޭނީސް އަކީ މާސް ކޮމިއުނިކޭޝަނުން ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ޒުވާނެކެވެ.

މި އަހަރުގެ އިވެންޓުގައި ދެވަނައަށް ގޮސްފައިވަނީ ތައިލެންޑަށެވެ. އަދި ތިންވަނަ ލިބިފައިވަނީ އޮސްޓްރޭލިއާ އަށެވެ.

ނޭޕާލް ރަމްޒު ކުރި ޖޭން ދީޕިކާ

މި އަހަރުގެ މިސް ޔުނިވާސްގެ އިވެންޓުން އެއްވެސް ވަނައަކަށް ގޮސްފައި ނުވި ނަމަވެސް އެންމެ ގިނަ ބައެއްގެ ހިތް އަތުލާފައިވަނީ ނޭޕާލުން މުބާރާތުގައި ބައިވެރިވި ޒުވާނެވެ. އުމުރުން 23 އަހަރުގެ ޖޭން ދިޕިކާ ގެރެޓް މުބާރާތުގައި ބައިވެރިވެފައިވަނީ ނޭޕާލް ރަމްޒު ކުރާށެވެ. ދީޕިކާގެ ބައިވެރިވުމާ އެކު މިސް ޔުނިވާސްގެ ތާރީހުގެ ތެރެއަށް އޭނާ ވަނީ ވަދެފައެވެ.

މިސް ޔުނިވާސްގެ 72 ދިގު ދެ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވަނީ ޕްލަސް ސައިޒް މޮޑެލް އެއް ބައިވެރިވެފައެވެ. އެއާއެކު އެތައް ބައެއްގެ ލޯބި އޭނާ އަށް ލިބިގެން ދިޔައެވެ. ދީޕިކާ އަކީ އާންމު އެވަރެޖު އަންހެނުން މުޅި ދުނިޔެއިން ވެސް ރަމްޒުކޮށްދޭ ބޮޑު މިސާލެއް ކަމަށް ބުނެ އެތައް ބައެއްގެ ސަޕޯޓު އޭނާ އަށް ލިބުނެވެ. އޭނާ އަށް އެހާ ބޮޑު ސަޕޯޓެއް ލިބިފައިވަނީ އޭނާގެ ކޮންފިޑެންސްގެ ސަބަބުން ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.

comment ކޮމެންޓް