އެމްފައިސާއިން ބޭނުންކޮށްގެން އައިފޯން 15 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

އުރީދޫ އެމްފައިސާ ބޭނުންކޮށްގެން ބިލުތައް ދައްކައިގެން އައިފޯނު 15 ޕްރޯ މެކްސެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަނަކީ އެމް ފައިސާއިން ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަނާ އެކު ކޮންމެ ދެ މަހަކުން އެމް ފައިސާގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތެރެެއިން ނަސީބުވެރި ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ ޔުޓިލިޓީ ބިލު ތަކާއި، މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1500 ނުވަތަ އެއަށް ވުރެ ގިނައިން އެމްފައިސާ ބޭނުންކޮށް މުއާމަލާތް ކުރާ ކަސްޓަމަރުން އޮޓާމެޓިކުން ލަކީ ޑްރޯގައި ހިމެނޭނެ ކަމަށެވެ.

އުރީދޫން ބުނީ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތާކު ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އަދި، ޔުޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްފައިސާއަށް ރެޖިސްޓާ ވާން ބޭނުންވާ މީހުންނަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބުނީ އެމްފައިސާގެ ފަސޭހަކަމާއި، ހުންނަ ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް މިހާރު ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމްފައިސާގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް