ބީރައްޓެހި 1

"މަންމަ ގެއްލުނީ ކިހިނެއްވެގެން ކަން ދެނެގަންނަން ނުފޮރުޅާނެ އެންމެ ގާކޮޅެއްވެސް ބާއްވަން ދަރިން ބޭނުމެއްނޫނެވެ. ހުރިހާކަމަކަށްވުރެ މުހިއްމުވީ އެ ހަގީގަތް ހޯދުމެވެ."

***

މާޒިމްއާއި ކެނާން އަދި މަދީނާ ޕާސްތާކާން މޭޒުދޮށުގައި އިށީދެލައިގެން ތިބިއިރު ތިން ޒުވާނުންގެ މޫނުމަތިން ފެނުނީ ހަމަޖެހުމުގެ ކުލަވަރެވެ. އެތިން ބެއިންގެ ގެ "މާޒްވިލާ"ވީރާނާވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް މަރާމާތުކުރުމުގެ މަސައްކަތްކުރަމުންދާތީ ފެލްޓެއް ކުއްޔަށް ހިފައިގެން އައުމުން ތަފާތު މާހައުލަކަށްވިއެވެ. ދެކޮޓަރީގެ ފްލެޓުން އެއް ކޮޓަރި ހިއްސާކުރަނީ ފިރިހެން ދެކުދިންނެވެ. އަނެއްކޮޓަރި ލިބުނީ މަދީނާއަށެވެ. ފޯނެއް އައުމުން މާޒިމް ފޯނުނެގިއެވެ. އޭނަ ދުރަށް ދާން ހިނގައިގަތެވެ.

"ކީކޭ ޚުޝަލް؟"

"އަދިވެސް މާލެ އާދެވޭކަށް ނެތޭ..."

"އަދިވެސް ޔޫކޭއަށް މޫސުމް ރަގަޅުނުވަނީތަ؟"

"ތިކޮޅަށް ދޭތެރެއަކުން ތަންޑާސްޓޯމްކަމަށް އެބައިނދެއެއްނު..........."

"ޚުޝަލް ހަމައެކަނި ފުރާ މަންޒިލްގެ މޫސުމަށް ބަލާފައެއްނޫން ފްލައިޓަކަށް އަރާނީ. ފްލައިޓް ލޭންޑްކުރާ ތަނުގެ ވެދާފޯކާސްޓްވެސް މާކުރީއްސުރެ ތިބަލަނީ.އަދި ފްލައިޓް ޕާތްވެސް..މަރުދެކެ ބިރުގަތަސް ބޮޑުވަރެއްނޫންތަ؟ބިންގަރާހެއްގައި އޮކްސިޖަން ގުޅައިގެން އޮތަސް މަރުވާންވީމަ މަރުވާނެ. ޑެތް ޑަޒްންޓް ޑިސްކްރިމިނޭޓް.........................."މާޒިމް މަލާމާތްކުރިއެވެ.

"ތިކޮޅަށް ދިޔަސް ލިފްޓަށް އަރަންޖެހޭވަރުން..."

"ކޮންމެވެސް މީހަކު ޖެހޭނީ ޚުޝަލް އުރާލައިގެން ސިޑިމަތިން ދުވަން...ވަރުގަދަ ބޮޑީގާޑެއް ހޯދަން ތިޖެހުނީ..............."

"މަގޭ ކްލޮސްޓްރޮފޯބިއާ....."

"ޕިސް ޕިސް.. އެހާ ބިރުގަންނަނީ ކީއްވެތަ؟ކަސްރަތުކޮށް ބްރީދިން އެކްސަސައިޒް ކަހަލައެއްޗެހި ހަދާ ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނަބަލަ. އޭރުން ދުނިޔޭގައި އުޅެން ފަސޭހަވެދާނެ.މި ފޯބިއާތަކާއި ހެދި ދަތުރުކުރަން ޖެހެނީ ބޭސްކައިގެން.. އެއްޗަކަށް އަރައިފިއްޔާ އެކްސިޑެންޓްވެދާނެ. ހިނގާފައިދާއިރު މަތިން އެއްޗެއް ވެއްޓިދާނެތީ ހެލްމެޓެއް އަޅުވައިގެން ގެންދާ ހިސާބުގައި، މިހާރުވެސް މޫސުމް ގޯސްކަމަށް ދައްކާތީ ޓިކެޓް ކެންސަލްކުރުވައިގެން................."

"މަ ބުނީ މާޒް ބުނީމެއްނު މަންމަގެ ގެ ހޯންޓެޑްއޭ...ގޯސްޓްހަންޓިން އަށް މަވެސް ދާހިތުން މިހިރީ........"

"ދަ ހޯންޓިން އޮފް މާޒްވިލާ......"

"އެންމެ ދަރިއަކަށް ނިސްބަތްކޮށް ގެއަށް ނަން ދިނުމަކީ ކުށްވެރިވާނެކަމެއް. މައްސަލަ ކޯޓަށް ހުށަހަޅަންޖެހޭނެ.........."

މާޒިމް ހިނިގަނޑެއް ޖަހައިލިއެވެ.

"މަންމަގެ ރަން ދަރިއަކީ މަށޭ. އެހެންވީމަ އެނޫން ނަމެއް ނުދޭނެއްނު..."

"ދެންތިބީ ގޮނޑުން ހޮވައިގެން ގެނެސްފައި ތިބި ކުދިން...."ޚުޝަލްވެސް ދިމާކޮށްލިއެވެ."ގެ ފެނުނީމަ ކިހިނެއްވީ؟"

"އާނ.....ހާޓްބްރޭކިން ހަމަ..ކެތެއްވެސް ނުވި..މަންމަނެތުމުގެ އުނިކަމާއި ފަޅުކަން އެނގޭނީ އެފަދަ ހިތި ތަޖުރިބާއެއް ކުރެވުނު ބަޔަކަށް........."މާޒިމް ފެންކަޅިވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. މަންމަގެ ވާހަކައިން އޭނައަށް އަސަރުކުރުވައެވެ."ޚުޝަލްއަށް އެނގެއެއްނު. މަންމަ ކިހާރީތިކޮށް ނަލަކޮށް ހުންނަނީ. އަބަދު ސެންޓްޖަހައިގެން ރީތިހެދުން އަޅައިގެން.......މަންމަ އަކީ އެންމެ ބެސްޓް. އެ ހަދާންތައް ހުރީ. މަންމަ އެގޮތަށް ގެއްލެން ދިމާވި ސަބަބެއް އެއްގޮތަކަށްވެސް ނޭގެނީ............."

"ސްޓޭ ސްޓްރޯންގް މާޒް. ކިޔަވައިގެން އައީ މަންމައަށްޓަކާ..އިލްމުގެ ބޭނުން ފުރިހަމަގޮތުގައި ހިފާ..."ޚުޝަލް ނަސޭހަތްތެރިވިއެވެ.

***

ތޫފާނީ ރެއެއްކަމުން މަދީނާ އޮތީ ކޮޓަރިއަށް ވަންނާން ނުކެރިފައެވެ. ބިއްލޫރިގަނޑަށް އެޅޭ އައްޔާއެކު އޭނަ ކަންފަތުގައި އަތް އަޅައިލަނީ ވިދުވަރަކީ ގުގުރީގެ އިންޒާރަކަށްވާތީއެވެ. އަލިގަދަވިވަރަކަށް އަޑުހަރުވާނެކަން އޭނައަށް އެނގެއެވެ. ކުޑައިރުއްސުރެ އޭނަ އެންމެ ބިރުގަންނަނީ ވިދާ ގުގުރާއިރުގައެވެ. ޖެހިގެން ހުރި އެޕާޓްމެންޓްގައި އޭނަގެ ގާތް އެކުވެރިޔާ އުރުޖުވާން އުޅޭކަން އެނގުނަސް އޭނަގެ ބޭބެމެން އޭނަ ދޮރުން ބޭރަށް ނިކުމެއްޖެއްޔާ އޭނަ ގެ ބަންދުކުރާނެކަން ޔަގީނެވެ. ސޯފާގައި އޮށޯވެލައިގެން މެޔާއި ހަމަޔަށް ރަޖާ އަޅައިގެން އޮވެފައި ފޯނު ނެގިއެވެ.

"އުރޫޖް.. ނިދީތަ؟"

"އާނ...ނިދަން މިއުޅެނީ. އިޝާއަށް ފަހު ކައިގެން ބެޑްޓައިމް..."

"ދަމުނަމާދުކުރަން ތެދުވަން ދޯ...އެގަޑީގައި މަ ނަމަ ވަރަށް ލޭޒީވާނެ. ދަމުނަމާދުކުރީމަ ހެޕިނެސް ލިބޭތަ؟"

"މަދީނާ، ޔޫ ކެން ޓްރައި ޓޫ. އޭރުން ހެޕިނަސް ލިބެންޏާ އެނގޭނެ...."

"ތަންކޮޅެއް ކަންނެތްވަނީ ކަމަށް ވާނީ. އެގަޑީގައި މަ ހަމަ އޮންނާނީ ހޭ ނައްތާލާފައި......ހެދުނު ހޭލައިގެން ޑިއުޓީއަށް ދާންވީމަވެސް ހަމަ ފޫހިވެގެން ހަލާކުވާވަރުވޭ. ކީއްތަވާނީ މި މުއްސަދި އަރަބިންވެސް އަހަރެމެން ކޮންމެ މީހަކަށް މިލިއަން ރުފިޔާ ދީފިއްޔާ.. ގަލްފުގެ ޝޭޚަކާއި މެރީކުރަންވީ ކަންނޭގޭ..."

އުރުޖްވާންއަށް ހެވުނެވެ.

"ބޯއިސްގެ ވާހަކަ ބުނީމަ....އެނގޭތަ؟ތިގޭގައި އުޅޭ މާޒިމް ފެންނަ ކޮންމެފަހަރަކު ގޫޒްބަމްޕްސް ހަމަ އަތުން ނަގާފައި ހުރޭ.............ހާދަ ބިރުގަނެއޭ. އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެތަ؟ މީހަކު ލޮލުން ބަލާލައިގެން ޒަޚަމްވާނެނަމަ ނޫނީ ކަތިލާލާނެނަމަ އެބެލުމުން ކަތިލައިލާނެކަން ޔަގީން..."

"ދޮންބެ ލައިކް ނުވެޔޯ އެކްސްޓްރީމިސްޓުންދެކެ........ބުރުގާ އެޅުންވެސް ދޮންބެ ދެކެނީ ހައްދުފަހަނަޅާ ދިޔުންކަމުގައި ކަމަށްބުނި. ހޫނުވެސް ވާނެއްނު...ގޭގައި އުޅޭއިރު އަހަރެން ސޯޓާއި ކުރު ޓީޝާޓްކޮޅެއްގައި އުޅެނީ. ވަރަށް އަރާމު...."

"ރޫމްގައި ކޮންމެ ހެދުމެއް ލުން އޯކޭ..."

"ޔޫ ނޯ ވަޓް؟ އަހަރެން ބިރުގަނޭ ފާޚާނާއަށްވަދެ ހެދުން ބަދަލުކުރަން. ހިތަށް އަރަނީ ސުޕަނެޗުރަލް އެއްޗެއް ބަލަން ހުރެދާނެއޭ. އެކަހަލަ ފީލިންގްސް އެއް މިރަށަށް އައިފަހުން ހުރޭ...ސަބަބަކީ...." މަދީނާގެ ޖުމްލަ މެދު ކަނޑާލިއެވެ.

"ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާއެއް އޮވެއެއްނު މަދީނާ...ދުޢާކޮށްގެން ވަނީމަ ޝައިތާނުންނަކަށް ނުފެންނާނެ.."

"އެހެންތަ؟"

"ބިރުންތަ ތިހިރީ؟ކިހިނެއްވީ؟"އުރުޖުވާން ސުވާލުކުރިއެވެ.

"ވިއްސާރަވީމަ....އޯކޭ ބާއްވަނީ އިނގޭ.."

***

މާޒިމްއާއި ކެނާން ބިރުވެރި ސީރީޒްއެއް ބަލައިލަން ޖައްސައިލީ ކޮފީއާއި ޕިއްޒާވެސް މޭޒުމަތީގައި އަތުރާލައިގެންނެވެ." އަހަރެންވެސް ހިތަށް އަރާ ރުގުޔާކުރަންވީއޭ؟"

"ޖިންނި ކޮންޓްރޯލްކުރަންތަ؟" މާޒިމް ސުވާލުކުރިއެވެ.

"އަހަރެން ބޭނުންވަނީ މަންމަ މޮޔަވީ ކީއްވެކަން އެނގެން...މާމަ ކުރިން ކިއެއްނު ސިހުރުގެ ވާހަކަ...އެ ތެދަކަށްވެދާނެ.."

"ނޫން ކެން. އަހަރެން އެރޮގުން އިލްމު ހޯދީވެސް މަންމަގެ ނަފްސާނީ މައްސަލަ ހުރީމަ. ތިބުނާކަހަލަ ޖިންނިކަމެއްނޫން. އެ ބައްޔަށް ކިޔަނީ ސްކިޒްފްރީނިއާ.................."މާޒިމްގެ ލޯ ފެންކަޅިވިއެވެ. އޭނަގެ މަންމަ މޮޔައެއްގެ ގޮތުގައި ލޭބަލްވެ އެންމެފަހުން ވީނުވީއެއް ނޭގި ގެއްލުނުކަމީ ބަލައިގަންނަން ކެތްވާފަދަ ކަމެއްނޫނެވެ.

"ކިހިނެއް އެނގެނީ ހަމަ އެބުނާފަދައިން މަންމަ ޖިންނި މޮޔަވީ ނޫންކަމެއް؟"

"ނަފްސާނީ ކޮންމެ ބައްޔެއް ޖިންނި މޮޔަވުން ކަމަށް ނިންމިޔަސް އެއީ މުޅިން ހަގީގަތެއްނޫން......"

"ތިހެން އުޅެމުންގޮސް ދީނުން ބޭރުނުވައްޗޭ މާޒް.."

ދެމީހުން އެކަހަލަ ސަކަ ޒުވާބެއްގައި ތިބެފައި މާޒިމް ޑިއުޓީއަށް ދާންޖެހޭތީ ނިދަންވަނެވެ. ކެނާން ޓީވީ ޕްރޮގްރާމެއްބަލަން ސޯފާގައި އޮށޯވެލައިގެން އޮތްވާ ލޮލަށް ބަރުވާންފެށީ ހަމަ ކުއްލިއަކަށެވެ. ގަދަކަމުން ލޯ ހުޅުވަނިކޮށް މޭމައްޗަށް ޓަނެއްގެ ބުރަދަން ހުރި އެއްޗެއް އަރާ ފިތައިލިކަމުގެ އިހުސާސްކުރެވުނެވެ. ހަޅޭއްލަވަން އުޅުނަސް އަނގައާއިއެކު މުޅިހަށިގަނޑުވެސް އައްސިވިއެވެ. އޭނަ ދޮންބެއަށް ގޮވަން އުޅެއުޅެވެސް އަނގަ ހަރަކާތެއް ނުކުރިތާގައި ފައިވެސް އޮތީ ގަނޑުވެ ބޭކާރު އެއްޗަކަށްވެފައެވެ. އިރުކޮޅެއްވާންދެން އޭތި ކެނާންގެ އަނގައިގާ ހިފަހައްޓައިގެން ހުރެފައި ދޫކޮށްލުމުން ނޭވާލެވި ފައިވެސް ހަލުވައިލެވުނެވެ. މިހެން ވާންފެށިތާ ދުވަސްކޮޅެއްވެފައި ވުމުން ކޮންމެވެސް ވަރަކަށް ހޭނި މިވަނީ ކީއްތޯ ހިތާހިތާ ސުވާލުކުރެވުނެވެ. އޭނަ މާޒިމް ގާތު ބުނެފިއްޔާ ނަފްސާނީ މައްސަލައެކޭ ކިޔާފައި ބޭސްކާން މަޖުބޫރުވެސްކޮށްފާނެއެވެ.

***

އުރްޖުވާން ނަމާދުކޮށްލައިގެން އިރުގަނޑެއްވާންދެން ގުރުއާން ކިޔަވަން އިނެވެ. ރީތި ރާގަކަށް މަޚުރަޖުންނެވެ. ކިޔެވުމުގެ އިތުރުން ގުރުއާން ކްލާހަށް ގަވާއިދުންގޮސް ހިފުޒުކުރަމުން ގުރުއާނުގެ އިލްމުވެސް ހޯދަމުންދާ ދަރިވަރެކެވެ. މާމަބުނާގޮތުން ދުނިޔެއިން އެންމެ ރީތި އަޑަކީ ބަންގި އަދި އުރުޖުވާންގެ ގުރުއާން ކިޔެވުމެވެ. އުރުޖުވާން ދުވާލު އެކިގަޑިތަކުގައި އެގޮތަށް ގުރުއާން ކިޔަވަނީ ސަވާބު ހޯދަން އަދި އޭނަގެ މާމައަށް ގުރުއާނުން ހިތަށް ފިނިކަމެއް ލިބޭކަން އެނގޭތީ މާމަގެ ހައްގުގައެވެ. މާމަ ފިޔަވާ އޭނަގެ އެއްވެސް މީހެއް ކާއިނާތަކު ނުވެއެވެ. އަލަށް ދިރިއުޅުމަށް އައީ މަދީނާއެވެ. އޭނަގެ އުމުރުގެ އަންހެންކުއްޖެކެވެ.

"މާމަ..އަޅުގަނޑަށް އާ އެކުވެރިއެއް ލިބިއްޖެ...އެކުއްޖާގެ ނަމަކީ މަދީނާ.. އެއްތަނެއްގައި ވޯކްކުރާތީ ވަރަށް އެކުވެރިވެވިއްޖެ........." އުރުޖުވާން މުސައްލަ ފަށް ޖަހާފައި މަތާރަންފިލާމަތީގައި ބޭއްވިއެވެ.

"އެއާއިލާ ދިރިއުޅެނީ މިހިސާބުގައިތަ؟"

"ޖެހިގެން މިހިރަ އެޕާޓްމެންޓްގައި. އެމީހުންގެ ވަރަށް ބޮޑު ގެއެއް މާލޭގައި ހުރޭ. އެއީ މުސްކުޅިގެއެއް އެހެންވެ ކޮންމެވެސް ވަރަކަށް މަރާމާތުކޮށް ވަދެވޭވަރުވީމައޯ ދެވޭނީ.އެހެންވެ މިފްލެޓްގައި ކުއްޔަށް. މަދީނާގެ ދޮށީ ބޭބެއަކީ ނަފްސާނީ ޑޮކްޓަރެއް..............................."އުރުޖްވާން ކިޔާދިނެވެ.

"އަލްހަމްދުލިﷲ..."މާމަގެ ލޯ އުފަލުން ވިދައިލި ސަބަބެއް އުރްޖުވާނަަކަށް ނޭގުނެވެ.

***

މަދީނާ އޭނަގެ މުށިކުލައިގެ ބޮޑު ބެއާއާއި އޮޅުލައިގަތެވެ. ފިނިން ހިމާޔަތް ލިބުމުގެ އެހީތެރިއަކަށްވީ ރަޖާއާއި ބެއާއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭ އަޑު އޭނަގެ ކަންފަތުގައި ހަރުލާފައިވިއެވެ. އޭނަ އެހެން އޮންނަތާ އެތައް އިރެއް ފަހުން ނިދީގެ އުނގުން ހިމާޔަތް ލިބުނެވެ.

"ކޮންތަނަކަށް ތިދަނީ މަދީނާ؟" ކެނާން އެހިއެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރެ މަދީނާ ތެދުވެގެން އައިއިރު ލޯމަތިން ހީވަނީ ނިދާފައި ހުރިހެންނެވެ.ކެނާންގެ ސުވާލަށް ޖަވާބެއްނުދީ ފްރިޖް ހުޅުވާލުމަށްފަހު ޔޯގަޓް ތަށްޓެއްނެގިއެވެ. ނިދާފައި ހުރެގެން ކާންފެށިއެވެ.

"ނިދީގައި ހިނގަންފެށީ...ތަންކޮޅެއް ކުޑައިރުވެސް ކޮއްކޮ އެގޮތަށް ސްލީޕްވޯކްކުރި.ޑޭމް، ދިސް އިޒް ނޮޓް ސޯ ގުޑް....."

މަދީނާ ހިނގައިގަތީ ބޭރަށް ނިކުންނަ ދޮރާއި ދިމާލަށެވެ. ކެނާން އަވަހަށްގޮސް މަދީނާ ގަޔަށް ލައްކޮށްލަމުން ކޮޓަރިއާއި ދިމާލަށް ގެންދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު