ކާގޯ އުޅަނދެއް ފްލައިޓެއްގައި ޖެހި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ފުވައްމުލަކު އެއާޕޯޓު ރަންވޭ މަތީގައި އޮތް މޯލްޑިވިއަންގެ ފްލައިޓަކާއި ކާގޯ އުފުލާ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައި --

ފުވަމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ މަދިންދާބޯޓެއްގައި ކާގޯ އުފުލާ އުޅަދަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގިކަން ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:34 ހާއިރު ކަމަށެވެ.

އެ ހާދިސާގައި 24 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ މީހާއަށް ފުވަމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގެ ފޮޓޯތައް މީީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް