ޗައިނާގެ ޓެކްނޮލޮޖީ މައި ކުންފުނި ބައިޑޫގެ އޭއައި ޗެޓްބޮޓް އާނީ ޗެޓް ބޮޓްގެ ޕެއިޑް ސަބްސްކްރިޕްޝަން މޮޑެލް ތައާރަފު ކޮށްފިއެވެ.
އާނީ ބޮޓް ޕްރޯގެ ނަމުގައި އަލަށް ތައާރަފު ކުރި ޕްރިމިއަމް ހިދުމަތަށް މަހަކު 59.9 ޔުއާން (8.18 ޑޮލަރު) ހަރަދުވާނެއެވެ.
އެމެރިކާގެ އޯޕަންއޭއައިގެ މަގުބޫލު ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީ އެކޭ އެއްގޮތަށް މި އަހަރުގެ ކުރީކޮޅު ބައިޑޫއިން އެންމެ ފުރަތަމަ ލޯންޗުކުރި އާނީ ބޮޓްއެވެ. އާނީ ބޮޓާއި ޗެޓްޖީޕީޓީ އަކީ ގުދުރަތީ ވާހަކަތަކުގައި ބައިވެރިވެ، ތަފާތު މައުޟޫޢުތަކުގައި އިންސާނުން ފަދަ ޓެކްސްޓް ރެސްޕޮންސްތައް އުފައްދައިދޭ ބޮޑެތި ބަހުގެ މޮޑެލްތަކުގެ މިސާލުތަކެވެ.
އާނީ ބޮޓް ޕްރޯ ތައާރަފްކުރުމާ އެކު، ފައިސާ ދައްކާ ސަބްސްކްރައިބަރުންނަށް ޗެޓްބޮޓުން އަވަސް ރެސްޕޮންސް ޓައިމްތަކާ އެކު ޕްރިއޮރިޓީ އެކްސެސް ލިބިގެންދާނެއެވެ. އަދި، ޕްރީމިއަމް މޮޑެލްގެ ސަބަބުން ފްރީ ވާޝަނާ އަޅާބަލާއިރު އިތުރު ތަރުހީބާއި ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށް ބައިޑުއިން ބުނެއެވެ.
ބައިޑޫ އޭއައިގެ ވައިސް ޕްރެޒިޑެންޓް ހައިފެންގް ވަންގް ވިދާޅުވި ގޮތުގައި މިހާރުވެސް އެކުންފުނީގެ ޗެޓްބޮޓަށް އެންގޭޖްވެފައިވާ ކަސްޓަމަރުންނަށް މިހާރަށްވުރެ ވެސް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ގޮތަށް އާނީ ބޮޓަށް ޕޭޑް ސަބްސްކްރިޕްޝަނެއް ދިނުމަކީ ވަރަށް އުފާކުރާ ކަމެކެވެ.
"ޕްރޯ ވާޝަނުން ޕޭޑް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަ ކޮމްޕިއުޓިން ވަސީލަތްތަކުގެ ސަބަބުން އަވަސް، މާ ތަފުސީލީ ޖަވާބެއް ލިބޭނެ،" ވަންގް ވިދާޅުވިއެވެ.
ޗެޓްޖީޕީޓީއަށް ފާއިތުވި މަސްތަކުގައި ލިބުނު ވައިރަލް ކާމިޔާބީއާ ގުޅިގެން ބޮޑެތި ޓެކް ކުންފުނިތަކުގެ މެދުގައި ކޮންވަޒޭޝަނަލް އޭއައި ތަރައްގީކޮށް މޮނިޓައިޒް ކުރުމުގެ ރޭސް ވަނީ ވާދަވެރިވެފައެވެ.
އާނީ ބޮޓްގެ ޕޭޑް މޮޑެލްއިން ދައްކުވައިދެނީ ޖެނެރޭޓިވް އޭއައިގެ ވަށައިގެންވާ ހައިޕް ކެޕިޓަލައިޒް ކުރުމަށް ބައިޑޫ ކުރި މަސައްކަތެވެ. ބައިޑޫގެ ޗެޓްބޮޓްގެ ޕެއިޑް ވާޝަން ތަޢާރަފު ކޮށްފައިވަނީ މިދިޔަ ހަފުތާގައި އޯޕަންއޭއައިއިން ޗެޓްޖީޕީޓީ އެކްސެސްއަށް މަހަކު 20 ޑޮލަރުގެ ސަބްސްކްރިޕްޝަން ޕްލޭނެއް ތައާރަފު ކުރުމަށް ނިންމި ނިންމުމާ ގުޅިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.