މި އަަހަރު އާސަންދައަށް ރެކޯޑް އަދަދެއް ޚަރަދުކޮށްފި

އާސަންދައަށް މިއަހަރު ރެކޯޑް އަދަދަކަށް ހަަރަދު ކުރި _ ސަން ފައިލް ފޮޓޯ

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް (އާސަންދަ)އިގެ ދަށުން މި އަހަރު ޚަރަދުކުރި އަދަދު ރެކޯޑް އަދަދަކަށް އަރައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައި ވާގޮތުން، އާސަންދައަށް ޚަރަދު ކުރި އަދަދު 2.3 މިލިއަނަށް އާރާނެއެވެ. އެއީ، ބަޖެޓު ކުރި އަދަދަށް ވުރެ 1.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި، އާސަންދައަށް ވަނީ 1.9 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެގޮތުން އާސަންދައިގެ ޚަރަދުތައް ކުޑަ ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އަދި، އާސަންދައަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

ހަމައެއާ އެކު، ޚަރަދު ކުޑަކުރަން އަންނަ އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފައެވެ.

އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.

އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގަކީ 75-15 ބޮޑު އަގުތަކެވެ.

comment ކޮމެންޓް