ޑޯސްޓޯރީ: އަނެއްކާވެސް ތި ހޯދާ ކަހަލަ މޮޅު ކާނާގެ މުޅިން އާ އުފެއްދުމެއް!

'ޑޯސްޓޯރީ' ނަމަކަށް ކިޔާ މުޅިން އާ އުފެއްދުމެއް އަނެއްކާވެސް މާކެޓަށް ނުކުމެއްޖެއެވެ.

'ޑޯ' ނުވަތަ ދިވެހިން ބުނާނަމަ ފުއްގަނޑަކީ ދިވެހިން އެކި ވައްތަރުގެ ކާއެއްޗެހި ތައްޔާރުކުރުމަށް އަބަދުވެސް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ. ނަމަވެސް، މި ފުއްގަނޑު ތައްޔާރުކުރުމަށް ގިނަބަޔަކު ގިނަ ވަގުތު ތަކެއް ނަގައެވެ. މިޒަމާނުގެ ބުރަ ދިރިއުޅުމުގައި ވަޒީފާ އަދާކުރަމުން، ދެން ހުންނަ މަސައްކަތްތައް ކުރަމުން މިފަދަ ކެއުންތައް ތައްޔާރުކުރުމަކީ ގިނަބަޔަކަށް އުނދަގޫކަމެކެވެ.

އެހެންކަމުން، މިފަދަ އުފެއްދުންތައް ގަނޑުކޮށްގެން ލިބެން ފެށުމުން އެންމެން ވެސް ގިނައިން ބޭނުންކުރަން ފެށީ މިކަހަލަ ފްރޯޒަން ޕްރޮޑަކްޓްތަކެވެ. މީގެތެރޭގައި، ފަރާޓާ އަދި ނާން ފަދަ ބާވަތްތައް ދިވެހިންގެ ތެރޭގައި މަޤްބޫލެވެ. 'ޑޯސްޓޯރީ' ގައިވެސް ހިމެނެނީ މިފަދަ އެތައް ބާވަތެކެވެ.

އޭގެތެރޭގައި، ޗަޕާޓީ، ތަންދޫރީ ނާން، ގާލިކް ނާން، ފަރާޓާ ހިމެނެއެވެ. އަދި މީގެ އިތުރުން އެހެނިހެން ގޭގައި ލުއިކޮށް ކާލަން ބޭނުންވާ ކަހަލަ، ޕަފް ޕޭސްޓްރީ، ވެޖެޓެބަލް ނަގެޓްސް، ސަމޯސާ، އަދި ހަޝް ބްރައުންސް ފާހަގަކޮށްލެވެއެވެ.

މިހާގިނަ ވައްތަރުތަކެއް ހިމެނޭ 'ޑޯސްޓޯރީ'ގެ ކޮންމެސް އެއް އުފެއްދުމެއް ކޮންމެ މީހަކަށް ވެސް ކަމުދާނެކަން ޔަގީނެވެ. ހަމަގައިމުވެސް ކުޅިކޮށް، ހިކިކޮށް އަހަރެމެން މި ތައްޔާރުކުރާ ބޯވަ، ކުކުޅު ފަދަ އެއްޗިއްސާއެއްކޮށް ޗަޕާޓީ އާއި ނާން ފަދަ ފްރޯޒަން އުފެއްދުންތައް ބޭނުންކުރަމުން ދިއުމަކީ މިހާރު އާއްމުކަމެކެވެ. އަދި މިފަދަ އުފެއްދުންތައް ދިވެހިންނަށް މިހާރު މާ މީރުވެފައި ކަމުދެއެވެ.

އެއްޗެއް ތައްޔާރުކޮށްލުމަށް ބުރަވެގެން އުޅޭ އެންމެނަށް ވެސް 'ޑޯސްޓޯރީ' ގެ އުފެއްދުންތައް ތައްޔާރުކޮށްލުމަކީ ދަތިކަމަކަށް ނުވާނެއެވެ. ތިން ވަރަކަށް މިނެޓް ތެރޭގައި މީގެ ކޮންމެ އުފެއްދުމެއް ވެސް ރެޑީކޮށްލެވޭނެއެވެ. މި އުފެއްދުންތައް ތައްޔާރުކުރާނެ ގޮތުގެ ވަރަށް ފަސޭހަ އިރުޝާދު މީގެ ޕެކިންގައި ހިމެނެއެވެ. އެހެންކަމުން ބަދިގޭގައި ގިނައިރު ހޭދަކުރަން ބޭނުންނުވާ ފަރާތްތަކަށް މިއީ ރަނގަޅު ޗޮއިސްއެކެވެ.

'ޑޯސްޓޯރީ' ގެ މިއުފެއްދުންތަކަކީ އެންމެ ކޮލިޓީ ރަނގަޅު އިންގްރެޑިއެންޓްސް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއް ކަމުން، މީގެ ކޮންމެ ބާވަތެއްގައި ވެސް ފުރިހަމަ މީރު ރަހަ ހިމެނެއެވެ. ތިހޯދަނީ ގަނޑުކޮށްފައި ހުންނަ އުފެއްދުމަކަށް ވާނަމަ، 'ޑޯސްޓޯރީ' އަކީ އެންމެ ރަނގަޅު އެއް ޗޮއިސްއަށް ވާނެއެވެ.

ރަހަ މީރުވެފައި ތައްޔާރުކޮށްލަން ފަސޭހަ މި އުފެއްދުމުގެ އަޖުމަ ބަލާލުން ވަރަށް މުހިންމެވެ. ސަބަބަކީ މިއީ އަހަރެމެން އެންމެންގެ އިތުބާރު ލިބިފައިވާ އެމް.ޔޫ ސްޓޯރުން ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރާ އުފެއްދުމަކަށްވެފައި މާކެޓްގައި މިހާރު ހުރި މިފަދަ ފްރޯޒަން ޕްރޮޑަކްޓްތަކާ އަޅާކިޔާލުމަށް މިއީ ރަނގަޅު ވާދަވެރި ޕްރޮޑަކްޓަކަށް ވާނެތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު