ކަނޑުގެ އަޑިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ މަހެއް އޮސްޓްރޭލިޔާއިން ފެނިއްޖެ

ކަނޑުގެ އަޑިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ މަހެއް އޮސްޓްރޭލިޔާއިން ފެނިއްޖެއެވެ.

"ލެޕާޑް ޓޮބީ ޕަފާ"ގެ ނަމުން ނަންދީފައިވާ މި ރީތި ކުޑަކުޑަ މަސް ފެނިފައިވަނީ އޮސްޓްރޭލިޔާގެ ކޮރަލް މެރިން ޕާކުގައި ޑައިވްކުރި ޓީމަކަށެވެ.

މާސްޓާ ރީފް ގައިޑްސްގެ ޑައިވް ޓީމުން އިންސްޓަގްރާމްގައި މި މަހުގެ ވީޑިއޯ ޙިއްސާކުރަމުން ބުނެފައިވަނީ، މިއީ އެ ސަރަޙައްދުން ލެޕާޑް ޓޮބީ ޕަފައެއް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

މި މަސް ފެނިފައިވަނީ އެ ޓީމްގެ މެމްބަރެއް ކަމަށްވާ ކެތަރީންއަށް ކަމަށާއި، އޭނާ މިހާތަނަށް ކޮށްފައިވާ އެގާރަސަތޭކަ ޑައިވްގައިވެސް މި ކަހަލަ މަހެއް ފެނިފައި ނުވާ ކަމަށް ވެސް އެ ޓީމްގެ އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައިވެއެވެ.

ލެޕާޑްގައި ހުންނަ ކަހަލަ ސްޕޮޓްތަކެއް ހުންނަ މި ކުޑަކުޑަ މަސް ޢާއްމުކޮށް ދިރިއުޅެނީ އިންޑޮނީޝިއާއި، ގުއާމްގެ ކަނޑުތަކުގައި ކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު