ފިލްމު 'ކަބީރު ސިންގް' އަކީ މީރާ ބުނެގެން އެއްބަސްވި ފިލްމެއް: ޝާހިދު

ޝާހިދު ކަޕޫރު އަންހެނުން މީރާ ރާޖް ކަޕޫރާ އެކު

އެކްޓަރު ޝާހިދު ކަޕޫރުގެ ކެރިއަރުގެ އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ކަބީރު ސިންގް" އަކީ އަންހެނުން މީރާ ބުނެގެން ކުޅުނު ފިލްމެއް ކަމަށް އޭނާ ބުނެފިއެވެ.

މުނިފޫހިފިލުވައިދޭ ޚަބަރަތު ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޝާހިދު ކަޕޫރު ބުނީ، ޑައިރެކްޓަރު ސަންދީޕު ރެޑީ ފިލްމު ހުށަހެޅުމުން "ކަބީރު ސިންގް" ކުޅުމުގެ އެއްވެސް ޝައުގެއް އޭރު ނެތް ކަމަށެވެ.

ފިލްމު "ކަބީރު ސިންގް" އަކީ "އަރުޖުން ރެޑީ"ގެ ނަމުގައި އުފެއްދި ވަރަށް ކާމިޔާބު ތެލުގޫ ފިލްމެއްގެ ރިމޭކް އެކެވެ. ސައުތު ސިނަމާގެ އެކްޓަރު ވިޖޭ ދެވެރަކޮންދާ ލީޑް ރޯލް ކުޅެ ފައިވާ އެ ފިލްމަކީ، އާއްމު ދިރިއުޅުމުގައި ރަގަޅު ޒިންމާދާރު ޒުވާނަކު ނުކުރާނެ ވަރަށް ގިނަ ކަންތައް ކޮށްފައިވާ ފިލްމެއް ކަމުން ޝާހިދު ބޭނުންވީ ފިލްމަށް ނޫނެކޭ ބުނުމަށެވެ. އަދި ވިޖޭ ފިލްމުގައި އެ ރޯލް ދައްކުވައި ދިން ގޮތަށް ޝާހިދަށް އެ ރޯލް ނުކުޅެވިދާނެތީ ވަރަށް ކަންބޮޑުވި ކަމަށް ވެސް އެކްޓަރު ވަނީ ޕިންކްވިލާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.

ނަމަވެސް އަންހެނުން މީރާ އާއެކު ތެލުގޫ ފިލްމު ބެލިކަން ހަނދާންވުމުން މީރާއަށް މި ފިލްމު ކަމުދާނެ ކަން އިހުސާސް ކުރެވުނު ކަމަށް ޝާހިދު ވަނީ ބުނެފައެވެ. މީރާ ދުށް ގޮތުގައި ޝާހިދު މިހާތަނަށް ކުޅެފައިވާ ލޯބީގެ ފިލްމު ތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކަށް ވެފައި މި ފިލްމަކީ ޝާހިދަށް އެންމެ އެކަށޭނެ ފިލްމު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ކަބީރު ސިންގް"ގެ ޕޯސްޓަރެއް

އަންހެނުން މީރާ މި ފިލްމުގެ ސްކްރިޕްޓާ މެދު ވިސްނީ ވަރަށް އާދައިގެ ނަޒަރަކުން ކަމަށާއި ފިލްމަށް އެހާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ޝާހިދު ވަނީ ބުނެފައެވެ. ފިލްމު "ކަބީރު ސިންގް" އަކީ ޝާހިދުގެ ވިހި އަހަރުގެ ދިގު ކެރިއަރު ގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމެވެ. މީގެ އިތުރުން ޝާހިދު ކަޕޫރު މުހިއްމު ރޯލް އިން ފެނުނު ސަންޖޭ ލީލާ ބަންސާލީގެ "ޕަދުމަވާތު" އަކީ ވެސް މީރާގެ އިރުޝާދުގެ ދަށުން އެކްޓަރު އެއްބަސްވި ފިލްމެކެވެ.

comment ކޮމެންޓް