އިންޑިއާ މީހަކު ވަކި ލާރިން އައިފޯން 15 ގަނެފި

އިންޑިޔާގައި މީހަކު ވަކި ލާރިން އައިފޯން 15 ގަނެފިއެވެ.

އިންސްޓަރގްރާމްގައި މަޝްހޫރު "އެކްސްޕްރިމެންޓް ކިންގް"އިން ޢާއްމުކޮށްފައިވާ ވީޑިއޯއެއްގައި، އައިފޯނު ގަތުމަށް ވަކިލާރި ކޮތަޅު ހިފައިގެން އެއް ފިހާރައިން އަނެއް ފިހާރައަށް އެ މީހާ ވަންނަ މަންޒަރުފެނެއެވެ.

މަގުމަތީ ސަލާންޖަހަން އުޅޭ މީހަކުހެން އެ މީހާ ހެދުން އަޅައިގެން ހުރުމުން ގިނަ ފިހާރަތަކުން އޭނާ ނުވައްދާ ފޮނުވާލައެވެ. އަދި ވަކި ލާރިއަށް އައިފޯނު ނުވިއްކާނެ ކަމަށްވެސް ބައެއް ފިހާރަތަކުން ބުނެއެވެ.

އެހެންނަމަވެސް، އެއްފިހާރައިން އޭނާއަށް އައިފޯނު ވިއްކުމަށް ނިންމުމުން އެ ފިހާރައަށް ވަދެ އޭނާގެ ވަކިލާރި ކޮތަޅު ބިންމައްޗަށް އަޅާލައެވެ. ފިހާރައިގެ ބޮޑުމީހާ ވަކިލާރިތައް ގުނައި އައިފޯނުގެ އަގު ހަމަވާތީ، އެ މީހާއަށް އާ ފޯނު ވިއްކައެވެ.

މިވީޑިއޯ ތައްޔާރުކުރީ، ސަލާންޖަހަންއުޅޭ މީހުން ފިހާރަތަކަށް ދިއުމުންނާއި، އަދި އައިފޯނު ފަދަ އަގުބޮޑު ތަކެތި ވަކިލާރިން ގަތުމަށް ދިއުމުން ފިހާރަތަކުން ކަންތައްކުރާ ގޮތް ބެލުމަށްކަމަށް އެކްސްޕެރިމެންޓް ކިންގުން ބުނެފައިވެއެވެ. މި ވީޑިއޯ އާއްމުކުރިފަހުން 34 މިލިޔަން މީހުން މިވީޑިއޯ ބަލައި، ގިނަ ބަޔަކު ވީޑިއޯއަށް ކޮމެންޓްކޮށްފައިވެއެވެ.

އެއްޗެއް ގަތުމަށް މީހަކު ފައިސާ ހިފައިގެން ގޮސްފިނަމަ އެ މީހަކު ހުންނަ ގޮތަކަށް ނުބަލައި، އެ މީހާއަށް ދޭންޖެހޭ ޚިދުމަތެއް ދޭންޖެހޭނެ ކަމަށާއި، މިއީ ބައެއް މުޖްތަމަޢުތަކުގައި ހިނގާ ވަރަށް ނޭދެވޭ އަމަލެއް ކަމަށް މީހުން ކޮމެންޓްކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު