އިންޑިޔާގެ ސްކޫލެއްގައި ފީއެއްގެ ގޮތުގައި ދޭންޖެހެނީ ޕްލާސްޓިކް ހުސްފުޅި

އިންޑިޔާގެ އައްސާމްގައި ފޯރުންތެރިކަން ނެތް އާއިލާތަކަށް ހިންގާ ސްކޫލެއްގައި ދަރިވަރުން ފީއެއްގެ ގޮތުގައި ގެންނަން ޖެހެނީ ޕްލާސްޓިކް ހުސްފުޅިއެވެ.

ޕްލާސްޓިކް ރީސައިކަލް ކުރުމަށް އެސްކޫލުން އިސްނަގާފައިވާ މިއާގޮތަކީ، ތިމާވެށި ހިމާޔަތްކުރެވި، އަދި ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިންނަށް ތައުލީމް ހާސިލުކޮށްދެވޭނެ ފަސޭހަގޮތެއް ކަމަށް އެސްކޫލުން ހާމަކޮށްފައިވެއެވެ.

އަކްޝަރު ފައުންޑޭޝަން ކިޔާ މިސްކޫލުގެ ދަރިވަރުން ކޮންމެ ހަފުތާައަކު، 25 ހުސްފުޅި ސްކޫލަށް ގެންދަންޖެހެއެވެ. މިސްކޫލަކީ، ތިމާވެއްޓަށް ގެއްލުންދޭ ކުނި އިތުރުވުމުގެ މައްސަލަ ހައްލުކުރުމަށާއި، ތައުލީމް ނުލިބި ތިބި ކުދިންނަށް ކިޔެވޭނެ މަގެއް ފަހިކުރުމުގެ މަޤްޞަދުގައި 2016ވަނަ އަހަރު އުފައްދާފައިވާ ސްކޫލެކެވެ.

ދަރިވަރުން ސްކޫލު ފީގެ ގޮތުގައި ގެންދާ ޕްލާސްޓިކް ހުސްފުޅި އެއްކޮށްގެން، އެބޭނުންކުރަނީ، މަގުހެދުމާއި، ފާޚާނާ ހެދުން ފަދަ މަޝްރޫޢުތަކުގައި ކަމަށް އެސްކޫލުން މައުލޫމާތުދީފައިވެއެވެ.

ސްކޫލުގައި ކިޔަވައިދެނީ ބަސް އުނގަންނައިދިނުމުގެ މާއްދާތަކާއި، ޕްލާސްޓިކް ރީސައިކްލިންއާއި، ވަޑާންކުރުމާއި، ދަނޑުވެރިކަން ފަދަ މާއްދާތައް ކަމަށާއި، ކިޔަވައިދިނުން ކުރިއަށްގެންދަނީ، ސްކޫލުގެ އިސް ދަރިވަރުން އެހެން ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ކަމަށްވެސް އެސްކޫލުން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު