ޕާކިސްތާނުން ރާއްޖެއައި މީހެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގަތް 4000 ކިލޯގެ މަސްތުވާތަކެތި _

ޕާކިސްތާނުން ވައިގެ މަގުން މިިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުން ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަތީ، ޕާކިސްތާނުގެ އުމުރުން 20 އަހަރުގެ އަންހެން ފަސިންޖަރަކާމެދު ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން، ފަސިންޖަރު ބަލާ ފާސްކުރުމުގެ ތެރޭގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ކަސްޓަމްސްއިން ތަހުލީލުކުރިކަމަށާއި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަން ތަހުލީލުން އެނގުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައެވެ.

comment ކޮމެންޓް