ކެންސަރަށް ހޭލުންތެރިކުރަން ''ޕިންކް ރިބަން ރަން ވޯކް'' ހޮނިހިރު ދުވަހު ބާއްވަނީ

މިދިޔަ އަހަރުގެ ޕިންކް ރިބަން ރަން ވޯކް ހަރަކާތުގެ ތެރެއިން--ފޮޓޯ/ބީއެމްއެލް

ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން, ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ''ޕިންކް ރިބަން ރަން ވޯކް'' ގެ ނަމުގައި ހިނގާލުމެއް ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ސީއެސްއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ. ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މި ހިނގާލުން ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ހިނގާލުމުގައި ބިބް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބިބް ލިބެން ހުންނާނީ، ސްޕޯޓްސް ލައިފް ސްޓައިލް (މަޖީދީމަގު) އަދި ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު) އިތުރުން ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯ (ހުޅުމާލެ) ސްޕޯޓްސް ލައިފް ސްޓައިލް (މަޖީދީމަގު) އިންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ''ޕިންކް ރިބަން ރަން ވޯކް'' ފަދަ ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތަކަށް ބީއެމްއެލްއިން އަންނަނީ އެހީތެރިވަމުންނެވެ.

މިގޮތުން، ކެންސަރަށް ފަރުވާ ކުރުމަށް އޮންކޮލޮޖީ ވޯޑެއް މި އަހަރުގެ އޮގަސްޓް މަހު ބީއެމްއެލްގެ އެހީގައި ވަނީ އައިޖީއެމްއެޗްގައި ގާއިމް ކޮށްފައެވެ.

comment ކޮމެންޓް