އުމުރުން 104 އަހަރުގެ އަންހެނަކު ސްކައިޑައިވްކޮށްފި

އުމުރުން 104ގެ އަންހެނަކު ސްކައިޑައިވްކޮށްފިއެވެ.

އެމެރިކާގެ ޝިކާގޯގެ ރައްޔިތެއްކަމަށްވާ ޑްރޯތީ ހޮފްނާ ވަނީ 104ގައި ސްކައިޑައިވްކޮށް، ދުނިޔޭގައި ސްކައިޑައިވްކުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ރެކޯޑް ޤާއިމްކުރުމަށް މަސައްކަތްކޮށްފައެވެ.

އޭނާ ކާމިޔާބުކަމާއެކު ސްކައިޑައިވްކޮށްފައިވާއިރު މިއީ ދުނިޔޭގެ ރެކޯޑެއްކަން ގިނިސް ވާލްޑް ރެކޯޑުން އަދި ކަށަވަރުކޮށްދީފައެއްނުވެއެވެ.

މިރިކޯޑް މިހާރު އޮންނަނީ އުމުރުން 103އަހަރުގެ މީހެއްގެ އަތުގައެވެ. ހޮފްނާ ސްކައިޑައިވްކުރުމުގައި އެހީތެރިވެދިން ފަރާތްކަމަށްވާ "ސްކައިޑައިވް ޝިކާގޯ"އިން ވަނީ ހޮފްނާ ސްކައިޑައިވްކުރާ ވީޑިއޯ އިންޓަނެޓްގައި ހިއްސާކޮށްފައެވެ.

ހޮފްނާ ވަނީ އޭނާގެ 100ވަނަ އުފަންދުވަހު ވެސް ސްކައިޑައިވްކޮށްފައެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އޭނާ އަލުން މިކަން ތަޖުރިބާކުރުމަށް ބޭނުންވެގެން މިފަހަރު އޭނާ ސްކައިޑައިވް ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސްކައިޑައިވް ކުރިއިރު ވަރަށް ހިތްހަމަޖެހި އުފާވި ކަމަށާއި، މަތިން ވަރަށް ރީތިކޮށް މަލަމަތި ފެނިފައިވާކަމަށް އޭނާ ކިޔާދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު