މަރޫތީ ކާރެއް ރޯލްސް ރޯއީސްއަކަށް ބަދަލުކޮށްލާ ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން

އިންޑިއާގެ ޒުވާނަކު، މަރޫތީ ކާރެއް، ރޯލްސް ރޯއީސް ކާރަކަށް ބަދަލުކޮށްލާ ވީޑިއޯއެއް ގިނަބައެއްގެ ސަމާލުކަމަށް ލިބިއްޖެއެވެ.

ޔޫޓިއުބްގައި ޙިއްސާކޮށްފައިވާ މިވީޑިއޯގައި، އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ހަދީފް، މަރޫތީ 800ގެ އާދައިގެ ކާރެއް އަގުބޮޑު ރޯލްސް ރޯއީސް ކާރަކަށް ބަދަލުކޮށްލުމަށް ކުރާ މަސައްކަތްތައް ފެށިގެން ނިމެންދެން ޙިއްސާކޮށްފައިވެއެވެ. އެގޮތުން ކާރުގެ ބޮޑީ ކިޓް މުޅިން ބަދަލުކޮށް، ކާރުގެ އެތެރޭގެ ހުރިހާ ބައިތަކަށް ބަދަލުގެނެސް، ވަރަށް ފުރިހަމައަށް ކާރުގެ ބޭރުގައި ކުލަލައި ރޯލްސް ރޯއީސް ކާރެއްގެ ސިފަ ގެނައުމުގެ މަސައްކަތަށް އޭނާ އެތައް މަސްދުވަސް ހޭދަކޮށްފައިވާކަމަށް މިވީޑިއޯގައި ބުނެއެވެ.

އަދި ކާރުގެ ގްރިލްއާއި ހެޑްލައިޓްވެސް ރޯލްސްރޯއީސް ކާރުތަކުގައި ހުންނަގޮތަށް ބަދަލުކޮށް، ރޯލްސް ރޯއީސް ކާރުތަކުގެ މަޝްހޫރު ނިޝާންގެ ގޮތުގައި ބޭނުންކޮށްފައިހުންނަ މެސްކޮޓްވެސް ހަދީފް ވަނީ އާޓިސްޓެއްގެ އެހީތެރިކަމާއެކު ހަދައި، ކާރުގައި ހަރުކޮށްފައެވެ.

މަރޫތީ ކާރު ރޯލްސް ރޯއީސްގެ ކާރަކަށް ބަދަލުކުރުމުގެ މަސައްކަތަށް، ހަދީފް 45،000 އިންޑިއަން ރުޕީސް ޚަރަދުކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު