ނެހާ ދޫޕިއާ ވެބް ސީރީސްއަކަށް ތައްޔާރު ވަނީ

ބަތަލާ ނެހާ ދޫޕިއާ ވެބް ސީރީސް އަކަށް ތައްޔާރު ވަނީ

ބަތަލާ ނެހާ ދޫޕިއާ ސްޓްރީމިން ޕްލެޓްފޯމަކަށް ކުޅޭ ފުރަތަމަ ވެބް ސީރީސްއަށް ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި މަހުތެރޭ މަސައްކަތް ފަށަން ނިންމާފައިވާ މި ސީރީސް އަކީ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ވެބް ސީރީސް އެކެވެ. އަދި މި ސީރީސްގެ ވާހަކަ ބައްޓަން ކޮށްފައި ވަނީ މި ޒަމާނުގެ ޖީލުތަކަށް ފެތޭ ގޮތަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މިހާރުވެސް ބައެއް ރިއަލިޓީ ޝޯވްތައް ހޯސްޓު ކުރަމުން އަންނަ ބަތަލާ ބުނީ، ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްގެ މަސައްކަތް ފެށުމަށް ކެތް މަދު ވެފައިވާ ކަމަށެވެ. މި ވެބް ސީރީސްގެ ކޮންސެޕްޓް ނެހާ އަށް ވަރަށް ކަމުދިޔަ ކަމަށާއި މިއީ މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް ނެހާ ވަނީ ބުނެފައެވެ. ނެހާ މީގެ ކުރިން ވަނީ ނެޓްފްލިކްސްއިން ގެނެސްދިން "ލަސްޓް ސްޓޯރީސް"އިން ފެނިފައެވެ.

އެކްޓަރު އަންގަދު ބެދީއާ ކައިވެނިކޮށް ދެ ކުދިން ލިބިފައިވާ ބަތަލާ ކައިވެންޏަށް ފަހު ފިލްމުތަކުން ފެންނަ މިންވަރު ވަނީ ވަރަށް މަދުވެފައެވެ. ނަމަވެސް ނެހާ އަކީ މާބަނޑު ދުވަސްވަރުވެސް ޓެލެވިޒަން ޝޯވްތައް މެދު ނުކެނޑި ހޯސްޓުކުރަމުން އައި ބަތަލާ އެކެވެ.

ނެހާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަ ތާސްޑޭ"އިން އަންހެން ފުލުހެއްގެ ރޯލް އިންނެވެ. ނެހާ ހޯސްޓު ކޮށްފައިވާ މަގުބޫލު ޝޯވްތަކުގެ ތެރޭ "ސްޓައިލް ބައި ނެހާ" އަދި "ބީއެފް އެފްސް ވިތު ވޯގް" ހިމެނެއެވެ.

comment ކޮމެންޓް