ކަރަންޓު މަސައްކަތްކުރުމުގެ ހުއްދަ އޮތް މީހުން އަލުން ދަފުތަރުގައި ޖެހެން އަންގައިފި

ކަރަންޓު މަސަތްކަތް ކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ދަފުތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ، އެ މަސައްކަތް ކުރާ މީހުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަޙަޅަން އެދެފިއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނީ ދަފުތަރު އަޕްޑޭޓް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެއޮތޯރިޓީ އުފެއްދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓު މަސައްކަތްކުރުމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ވަނަވަރު ކަށަވަރުކޮށް އެ ފަރާތްތަކާއި މުއާމަލާތް ކުރެވޭނެ މައުލޫމާތު އާ ކުރުން ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކުން އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހުގެ 2:00ގެ ކުރިން އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި، މައުލޫމާތު އާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާ ފަރާތްތައް ކަމަށް ނިންމައި މި އަހަރުގެ މާޗު މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާތިލް ކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް