އިންޑިއާގެ ދަނޑުވެރިޔަކު ތަރުކާރީ ވިއްކުމަށް ދަނީ އަގުބޮޑު އައުޑީ ކާރުގައި

އިންޑިޔާގައި ދަނޑުވެރިޔަކު ތަރުކާރީ ވިއްކުމަށް ދާން ބޭނުންކުރާ ކާރު ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ކެރެލާގެ ދަނޑުވެރިއެއް ކަމަށްވާ ސުޖީތު އެސްޕީ މަގުމަތީގައި ތަރުކާރީ ވިއްކުމަށް ދިއުމަށް ބޭނުންކުރަނީ، މަޝްހޫރު އަގުބޮޑު ލަގްޒަރީ އައުޑީ އޭފޯއެވެ.

އައުޑީ އޭ4 އިންޑިޔާގައި ގަންނަން ލިބޭ އަގަކީ ސާޅީސް ހަތަރު ލައްކަ ރުޕީސް (74,793 ރުފިޔާ)އެވެ.

އޭނާ އަމިއްލައަށް އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ މި ވީޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މި ވީޑިއޯ އަށް މިލިޔަނަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، ފަސް ލައްކަ މީހުން ވީޑިއޯއަށް ލައިކް ދީފައިވެއެވެ. އަދި ސުޖީތުގެ ބުރަ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކޮށް ކޮމެންޓްކޮށްފައިވެއެވެ. ސުޖީތުއަކީ، ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރެވިދާނެ އާގޮތްތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް ސޯޝަލް މީޑިއާގައި މަސައްކަތްކުރާ މީހެކެވެ.

comment ކޮމެންޓް