އާންޔާ ކައިވެނި ކޮށްފި

ހޮލީވުޑްގެ މަޝްހޫރު ޒުވާން ތަރި އާންޔާ ޓޭލާ ޖޯއި ކައިވެނިކޮށްފިއެވެ.

ނެޓްފްލިކްސްގެ "ކުއީން ގެމްބިޓް" އާއި "މެނޫ" ފަދަ އުފެއްދުންތަކުން މަގުބޫލުކަން ހޯދާފައިވާ އާންޔާ އޭޭނާގެ ބައިވެރިޔާ މެލްކޮމް މެކްރޭ ކައިވެނިކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދާ ދިމާކޮށެވެ. ދެމީހުން ކައިވެނި ކޮށްފައިވަނީ އިޓަލީގެ ވެނިސްގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދެމީހުން ކައިވެނިކޮށްފައިވަނީ ތާރީހީ ތަނެއް ކަމަށްވާ ޕަލާޒޯ ޕިސާނީ މޮރެޓާގައެވެ. މިއީ ވެނިސްގެ ކެނަލްގެ ކައިރީގައި ހުންނަ ބޮޑު ގަނޑުވަރެކެވެ.

ދެމީހުން މިދިޔަ ހަފުތާ ބަންދު ކައިވެނި ކުރިއިރު ދެމީހުން ފުރަތަމަ ދިމާވެފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ދެމީހުން އެ އަހަރު ގުޅިފައިވި ނަމަވެސްް ދެމީހުންގެ ގުޅުމުގެ ވާހަކަ އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދެމީހުން އެކީގައި އުޅޭކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮސްކާ އިވެންޓުގެ ރެޑް ކާޕެޓުންނެވެ.

އެންމެފަހުން ދެމީހުން ކައިވެނި ކުރި އިރު ކައިވެނީގެ ބައެއް ފޮޓޯތަކާއެކު މި ވާހަކަ ވަނީ ވައިރަލް ވެފައެވެ. ކައިވެނީގެ ވާހަކަ ވައިރަލް ވެފައިވަނީ އާންޔާ ލައިގެން ހުރި ވެޑިން ޑްރެސްގެ ސަބަބުންނެވެ. އާންމުކޮށް ކައިވެނީގެ ހަފުލާތަކުގައި ގިނަ މީހުން ލައިގެން ހުންނަނީ ބޮޑެތި ހުދު ހެދުންތަކެވެ.

އާންޔާ ކައިވެނީގެ ހަފުލާއަށް ލައިފައިވަނީ މުށި ކުލައިގެ ކަސްޓަމް ޑިއޯ ހެދުމެކެވެ. އެ ހެދުމުން ތަފާތު އެކި ޑިޒައިންތައް ފެނިގެން ދެއެވެ. އޭގެތެރޭގައި ދޫންޏާއި ތަފާތު އެކި ވައްތަރުގެ މާ ހިމެނެއެވެ. ތަފާތު އެކި ޑިޒައިންތަކުން ޖަރީ ކުރެވިފައިވާ ލޭސް މި ހެދުން އެތައް ބަޔަކަށް ކަމުދިޔައެވެ. އަދި ކައިވެނީގެ ހަފުލާތަކުގައި މިފަދަ ތަފާތު ހެދުންތައް ނުލެވެންވީ ސަބަބާ މެދު ސުވާލު އުފައްދާފައިވެއެވެ.

comment ކޮމެންޓް