ބެސްޓް ބައި މޮބައިލްއިން އެފްސީ 24 ވިއްކަންފަށައިފި

ބެސްޓް ބައިގެ ފިހާރަތަކުން އެފްސީ 24 ގޭމް ލިބެން ހުންނާނެ --

އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އެފްސީ 24 ގޭމް، ބެސްޓް ބައި މޮބައިލްސްއިން ވިއްކަން ފަށައިފިއެވެ.

ބެސްޓް ބައި މޮބްއިލްސް ފިހާރައިން މިހާރު ގޭމު ގަންނަން ލިބެން ހުރިއިރު ޕްރިއޯޑާ ކުރި މީހުންނާ ގޭމް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ،

ބެސްޓް ބައި މޮބައިލްސްއަކީ އެންމެ ފަހުގެ ޒުވާނުންނާ ގުޅޭ ޕްރޮޑަކްޓްތައް އެންމެ އަވަހަށް ގެނެސްދޭ އެއް ފިހާރައެވެ.

މިދިޔަ އަހަރުގެ ފީފާ 2023 ވެސް އެންމެ އަވަހަށް ރާއްޖޭގެ ބާޒާރަށް ނެރުނު ބަޔަކީވެސް ބެސްޓް ބައި މޮބައިލްސް އެވެ. މިއަހަރުވެސް އެފްސީ 24 އެންމެ ފުރަތަމަ ރާއްޖޭގެ މާކެޓަށް ނެރުނީ ބެސްޓް ބައި މޮބައިލްސްއިންނެވެ.

ޕީއެސް 4 އަދި 5 އާ ގުޅުން ހުރި އެންމެ ފަހުގެ އުފެއްދުންތައް ވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ. އަދި މި ޕްރޮޑަކްޓް ތަކާއި ގޭމްތައް މިހާރު ބަންޑަލް ގޮތަށް ވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި އެ ބަންޑަލްތަކާ ގުލޭ މައުލޫމާތު އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށްވެސް ބެސްޓް ބައި މޮބައިލްސްއިން ބުނެއެވެ.

ދުނިޔޭގެ މާކެޓަށް އެންމެ ފަހުން ނެރުނު އެފްސީ 24--

ޕީއެސް 4 އަދި 5 އާ ގުޅޭ ގޭމްތަކާއި ޖޮއިސްޓިކްގެ އިތުރުން ގޭމް ކުޅެން ބޭނުންވާ އިތުރު އެސެސަރީތައް ބެސްޓް ބައި މޮބައިލްސްގެ ތިން ފިހާރައިން ވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ބެސްޓް ބައި މޮބައިލްސްއިން ޑެލިވަރީގެ ޚިދުމަތްތަކާއި ކާގޯގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކަށާއި ބޯޓުތަކަށްވެސް އެ ފިހާރައިން ދަނީ ޑެލިވަރީގެ ޚިދުމަތް ފޯރުކޯށްދެމުންނެވެ.

ބެސްޓް ބައި މޮބައިލްސްގެ އެންމެ ބޮޑު ފިހާރަ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައެވެ. ދެވަނަ ފިހާރަ ހުންނަނީ މާވެޔޮ މަގުގައި ހުންނަ އޭޑިކޭ ފާމަސީ ކުރިމަތީގައެވެ. އަދި ތިންވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ކުރިމަތީގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު