ޓޮމާޓޯ ކެޗަޕް އަދި ބަނާނާ ކެޗަޕް - ކޮލޮނައިޒޭޝަން ކެޗަޕް

ބަނާނާ ކެޗަޕަކީ ފަހުގެ އިންޓަނެޓް ޓްރެންޑެއް ކަމުގަވީ ނަމަވެސް، ޕިލިޕީންސްގައި މި ކޮންޑިމެންޓް ބޭނުންކުރާތާ ގާތްގަނޑަކަށް 100 އަހަރު ވެއްޖެއެވެ.

ހިތްގައިމު ތާރީހެއް އޮތް ކޮންޑިމެންޓެއް ކަމަށްވާ ބަނާނާ ކެޗަޕް އުފެއްދީ ފިލިޕީންސްގެ ފުޑް ކެމިސްޓް މާކާ އޮރޯސާއެވެ. އޭނާ ޔުނިވާސިޓީ އޮފް ވޮޝިންގޓަން އިން ދަސްވެނިވުމަށް ފަހު އެނބުރި ފިލިޕީންސަށް ވަޑައިގެން ފިލިޕީންސްގައި މުހިއްމު އެތަށް އުފެއްދުންތަކެއް އުފެއްދިއެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އުފެއްދުމަކީ ބަނާނާ ކެޗަޕެވެ.

އެންމެ ފަހުން މި ވެގެން ދިޔައީ ޓޮމާޓޯ ލިބުމުގެ ދަތިކަން ގައުމަށް ފޯރަންފެށި ހިސާބުން މާކާ އޮރޯސާ އުފެއްދި ފިލިޕީންސްގެ ތަރިކައަކަށެވެ.

ބަނާނާ ކެޗަޕަކީ ހުޅަނގުގެ ރަހަތަކުގެ އަސަރު ފިލިޕީންސް ކެއުމަށް ކޮށްފައިވާކަމުގެ މިސާލެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޮޑު ޓޮމާޓޯ ކެޗަޕަށް ގައުމުގައި ތިބި އެމެރިކާ ސިފައިންގެ ފަރާތުންން ޑިމާންޑު އަންނަން ފެށިއެވެ. އެމެރިކާ ސިފައިން ކެއުމަށް އެތެރެ ކުރި ޓޮމާޓޯ ކެޗަޕް ފިލިޕީންސްގެ ހަނގުރާމަވެރިންގެ ކެއުމުގައި ވެސް ހިމެނި، ރައްޔިތުންގެ ތެރޭގައި ވެސް މި އާ ރަހަޔަށް ހާއްސަ ޑިމާންޑެއް އުފެދިގެންދިޔައެވެ. މިހާ ހިސާބުން ޓޮމާޓޯ އިމްޕޯޓު ކުރުމަށް ދާ ހަރަދުގެ ބޮޑުކަމާއި ދަތިކަމާއި، ހޫނު މޫސުމުގެ ގައުމެއްގައި ޓޮމާޓޯ ގޮވާންކުރުމުގެ ދަތިތަކާ ހެދި މާކާ އޮރޯސާ އަމިއްލައަށް ދެމެހެއްޓެނިވި ކޮންޑިމެންޓެއް އުފެއްދީއެވެ.

މި ކެޗަޕް ހުންނަނީ މުށިރީންދޫ ކުލައެއެއެވެ. ލަނީ ނިޔަނެތި، މޭވާ ފޮނި ރަހައެއް ކަމަށްވެއެވެ. މި ކޮންޑިމެންޓުންލާ ހުތްރަހަޔަކީ މިއަށް އަޅާ ވިނެގާ ނުވަތަ ރާހުތުގެ ސަބަބުން ލާ ރަހައެއް ކަމަށާއި ހަކުރުގެ މިންވަރު ޓޮމާޓޯ ކެޗަޕާއި ހާސްގުނަ ތަފާތުކަމަށް ވެސް ވެއެވެ.

މާކާ އޮރޯސާގެ ފޮޓޯއެއް --

މިހާ ހިސާބުން ބަނާނާ ކެޗަޕަކީ ފިލިޕީންސްގެ ކެއްކުމުގައި، ބަދަލުނުކުރެވޭ ފަދަ ކޮންޑިމެންޓަކަށް ވެގެންދިޔައެވެ. މިއަދު ވެސް ވަނީ ވެފައެވެ. މަސް ފިހާއިރާއި، އަލުވި ޗިޕްސްއާ އެއްކޮށް ވެސް އަދި ސްޕެގެޓީ ހެދުމުގައި ވެސް ހަމަ އެހާމެ މީރު ކަމަށް ވެއެވެ.

ބަނާނާ ކެޗަޕް ހެދުމުގައި ބޭނުންކުރާ އެއްޗިއްސަށް ބަލާލާއިރު މާކާ އޮރޯސާ ބޭނުންކޮށްފައިވަނީ ވިނެގާ، ހަކުރު އަދި އެ ގައުމަށް ހާއްސަ އެތައް މަސާލާތަކަކާ އެއްކޮށް ސަބާކޭލެވެ. ހަގީގީ ބަނާނާ ކެޗަޕް ހުންނަނީ އޮލަކޮށް މުށި ރީނދޫ ކުލައެއްގައެވެ. މި ކެޗަޕުގައި ބޭނުންކުރާ ހަކުރުގެ މިންވަރު ޓޮމާޓޯ ކެޗަޕާއި އަޅާކިޔާއިރު މަދެވެ. އެހެން ކަމުން ހަށިގަނޑަށް ފައިދާހުރި ކެޗަޕަކީ މިއީ ކަމަށް ދައުވާކުރެވެއެވެ. ޓޮމާޓޯ ކެޗަޕް ބޭނުންކުރާ ކޮންމެ ހާލަތެއްގައި ވެސް ފިލިޕީންސްގައި ބަނާނާ ކެޗަޕް ފުދެއެވެ.

ބަނާނާ ކެޗަޕުގައި ބޭނުންކުރާ މައިގަނޑު އެޗަކީ ކޭލެވެ. ކޭލަކީ ހަށިގަނޑަށް އެތައް ފައިދާއެއް ކުރާ ކެލްސިޔަމް ގިނަ އަދަދަކަށް ލިއްބައިދޭ މޭވާއެކެވެ. ކެލްސިއަމް އަކީ ހިތުގެ ބަލިތަކާއި، ކާއެއްޗިސް ހަޖަމް ކުރުމަށާއި ހަށިގަނޑު ރައްކާތެރިކޮށް ބެހެޓުމަށް މުހިއްމު މާއްދާއެކެވެ. ކެޗަޕަށް އަޅާ ވިނެގާ ނުވަތަ ރާހުތުން ތަފާތު ޕްރޮބަޔޮޓިކްތައް ހަށިގަނޑަށް ލިއްބައިދެއެވެ. މީގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަން އިތުރު ކޮށްދެއެވެ. އަދި މިއީ ހަކުރު ހުންނަ މިންވަރު ބަލަހައްޓާ މީހުންނަށް އެކަށޭނެ ކެޗަޕެއް ކަމަށް ވެސް ގިނަ ހޯދުންތަކުގައި ވެއެވެ. ނަމަވެސް މިއީ ރައްދުތަކުން ފުރިފައިވާ ދިގުދެމިގެންދާ ސުވާލެކެވެ. ހަށިގަނޑަށް އެންމެ ފައިދާ ލިބިދެނީ ޓޮމާޓޯ ކެޗަޕް ނުވަތަ ބަނާނާ ކެޗަޕުތޯ ކުރެވޭ ސުވާލެވެ.

ހަމަ ގައިމުވެސް މި އުފެއްދުމުގެ އެންމެ ހާއްސަ ކަމަކީ ބަނާނާ ކެޗަޕަކީ ފުޑް ކެމިސްޓް މާކާ އޮރޯސާގެ ދެމެހެއްޓެނިވި އުފެއްދުމެއް ކަމަށް ވާކަމެވެ. ޓޮމާޓޯ ކެޗަޕްގައި ބޭނުންކުރެވޭ މައިގަނޑު މޭވާ "ޓޮމާޓޯ"އަކީ ގައުމުގައި ގޮވާންކުރަން ދަތި އެއްޗަކަށް ވީ ހިނދު ދެވަނަ ބޮޑުހަނގުރާމައިގެ ދަތި ދުވަސްތަކުގައި ރައްޔިތުންނަށް ކުރިމަތިވި ކާބޯތަކެތީގެ ދަތިކަމަށް ހައްލެއްހޯދުމުގެ ގޮތުން އުފެދުނު ކަލިނަރީ ދުރުވިސްނުމެއްގެ އަސްލެވެ. ދަތިކަމެއްނެތި އަބަދު ލިބޭ އެއްޗަކުން އުފެއްދި ދުރުވިސްނުމެއްގެ އަސްލެވެ.

މިއަދު މި ކޮންޑިމެންޓަކީ ޓްރެންޑެކެވެ. މަޝްހޫރު ވަމުން އަންނަ މީރު އާޝޯހު ކުރުވަނިވި ރަހަތަށްލާ ކަމަށް ބުނެ ދުނިޔޭގެ އެކި ހިސާބުތަކުގެ ޖެންޒީންނާއި ޖެންއެކްސް އަދި މިލޭނިޔަލްސްގެ މެދުގައި ވެސް މަޝްހޫރު ޓްރެންޑެކެވެ. ވާދަޔަށް އެކި ގޮތްގޮތަށް ގޭގައި ވެސް ހަދައި، މި ރެސިޕީ ވަނީ ޒަމާނާއި ފައިހަމަ ކޮށްފައެވެ.

އެހެންކަމުން ބަނާނާ ކެޗަޕަކީ ކޮލޮނައިޒޭޝަންގެ ނަތީޖާ ކެޗެޕެކޭ ބުނެވިދާނެ ބާއެވެ؟ އަދި މި އުފެއްދުމުން ދޭހަވަނީ ކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރީ ދަތިތަކުގެ ތެރެއިން ވެސް ފިލިޕީންސްގެ ތަރިކަ، އެޑެޕްޓޭޝަންގެ ޒަރިއްޔާއިން ނަމަވެސް ހިމާޔަތްކުރުމަށް ގައުމުން ދިން އަހަމިއްޔަތެވެ. ކަލިނަރީ އެޑެޕްޓޭޝަންގެ ހިތްގައިމު މިސާލެކެވެ.

comment ކޮމެންޓް