އިފުރުގައި ތަރައްގީ ކުރި ރިސޯޓް ހުޅުވައިފި

އިފުރު ރިސޯޓް --

ރ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށްފައިވާ އިފުރު އައިލޭންޑް މޯލްޑިވްސް ރިސޯޓް، ހުޅުވައިފިއެވެ.

އެ ރިސޯޓުން ބުނީ މިކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރިސޯޓް ހުޅުވާފައިވަނީ މިމަހުގެ 23ވީ ހޮނިހިރު ދުވަހު ކަމަށެވެ.

އިފުރު ރިސޯޓް ތަރައްގީކޮށްފައި ވަނީ ކޯސްޓް ލައިން ކުންފުނީގެ ހިއްސާ އޮންނަ އިރުފު އިންވެސްޓްމެންޓުގެ ފަރާތުންނެވެ.

ޖުމުލަ 300 އެނދުގެ މި ރިސޯޓުގައި 150 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ހަ ޓްވިން ވިލާއާއި 100 ޑްޕްލެކްސް ވިލާ އާއި 35 ބީޗްވިލާ އަދި ޕޫލްއާއިއެކު ނުވަ ބީޗްވިލާ ހުރެއެވެ. މީގެ އިތުރުން ހަ ރެސްޓޯރަންޓް ވެސް ހުރެއެވެ.

އިފުރު އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެއާޕޯޓެކެވެ.

comment ކޮމެންޓް