މި ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ޖަވާން" ރިލީޒްވިތާ 19 ދުވަހުގެތެރޭ 100 ކްރޯރް ކޮލަބް ފަހަތަށް ޖައްސާލުމަށްފަހު ބޮކްސް އޮފީހުގައި 1000 ކްރޯރް ރުޕީސް ފަހަނަ އަޅައިފިއެވެ.
މި ޢަދަދާއެކު މި އަހަރު ޖަނަވަރީ މަހު ރިލީޒްވި ޝާހުގެ ފިލްމު "ޕަތާން"ގެ ރެކޯޑްވެސް "ޖަވާން" ވަނީ މުގުރާލާފައެވެ.
މިހާތަނަށް ފިލްމު "ޕަތާން" ވެފައި ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގަ ހޯދި ފިލްމުގެ ގޮތުގައެވެ. ފިލްމު "ޕަތާން"އަށް ފަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ގޮތުގައި އޮތީ ސަނީ ޑިއޯލްގެ ފިލްމު "ގަދަރު2" އެވެ. ނަމަވެސް ފިލްމު "ޖަވާން"އިން މުގުރާލި އާ ރެކޯޑާ އެކު "ގަދަރު2" ފަހަތަށް ޖައްސާލުމަށްފަހު ލިސްޓުގެ ދެވަނަ ޖާގައިގަ ވެސް އަދި އޮތީ ޝާހުގެ ފިލްމެކެވެ.
ފިލްމު "ޖަވާން"އަށް ލިބެމުން އަންނަ މަގުބޫލު ކަމާއެކު ފިލްމުގެ ޑައިރެކްޓަރު އެޓުލީ ވެފައިވަނީ ގިނަ ފިލްމީ ޕްރޮޑިއުސަރުން މަސައްކަތް ކުރަން ބޭނުންވާ އެންމެ ޑިމާންޑު ބޮޑު ޑައިރެކްޓަރަށް ވެފައެވެ.
އެޓުލީ ފުރަތަމަ ޑައިރެކްޓު ކުރި ބޮލީވުޑް ފިލްމު "ޖަވާން" ބެލުމަށް ފަހު ބެލުންތެރިންގެ ތައުރީފު "ޖަވާން"ގެ މުޅި ކާސްޓަށް އަންނަނީ އޮހެމުންނެވެ. އެޓުލީގެ ވިސްނުން ހުރީ ބޮލީވުޑްގެ އިތުރު ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ކަމަށް ބުނެފައި ވާއިރު ހޮލީވުގެ ފިލްމުތަކުން އެޓުލީއަށް ފުރުސަތު ލިބެމުން އަންނަ ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޝާހްރުކް ޚާން ތަފާތު އެކި ސިފައިގައި ފެންނަ "ޖަވާން" އަކީ ޝާހުގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސްކޮށް ދެ މަފިރިންގެ ފިލްމު ކުންފުނި ރެޑް ޗިލީޒްއިން ގެނެސްދިން ފިލްމެކެވެ. ބަތަލާ ދިޕިކާ ޕަދުކޯން މުހިއްމު ރޯލްއިން ފެނުނު އެ ފިލްމުން ތަމަޅަ ބަތަލާ ނަޔަންތާރާ އާއި އެކްޓަރު ވިޖޭ ސެތުޕަތިއާވަނީ ފެނިފައެވެ.