ބޮކްސް އޮފީހުގެ އާ ބެންޗްމާކަށް ވާންވީ 1000 ކްރޯރް ރުޕީސް: ސަލްމާން ޚާން

ބޮކްސް އޮފީހުގެ އާ ބެންޗަކަށް ހަދަންވީ 1000 ކްރޯޑު ރުޕީސް ކަމަށް ސަލްމާން ޚާން ވަނީ ބުނެފަ --

ބޮކްސް އޮފީހުން 100 ކްރޯރް ރުޕީސް ހޯދުމުގެ އާދަ ދޫކޮށް 1000 ކްރޯރް ރުޕީސް ބެންޗުމާކެއްގެ ގޮތުގައި ހަމަޖެއްސުމުގެ ވަގުތު ޖެހިއްޖެ ކަމަށް ކާމިޔާބު ދުވަސްވީ އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ.

ފިލްމުތަކުން 100 ކްރޯރްގެ ކްލަބަށް ފިލްމު ވެއްދުމުގެ މާޒީ ފާއިތުވެއްޖެ ކަމަށާއި ކުރިމަގުގައި އަމާޒަކަށް ވާންވީ 1000 ކްރޯރްގެ ކްލަބަށް ފިލްމު ވެއްދުން ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ޕަންޖާބު ފިލްމު "މޯޖަހި މޯޖާ" ޓްރެއިލާ ރިލީޒް ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން 57 އަހަރުގެ ސަލްމާން ބުނީ، މިހާރު ރިލީޒް ކުރާ ޕަންޖާބީ ފިލްމުތަކަށް ވެސް 400 ސަތޭކަ ކްރޯރްއާއި 600 ކްރޯރް ޢަދަދަކަށް އާމްދަނީ ލިބޭ ކަމަށެވެ. ހަމަ އެއާއެކު ހިންދީ ސިނަމާގެ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ފިލްމުތަކަށް ވެސް މި ޢަދަދާ އަރާ ހަމަކޮށްލެވޭ އިރު 1000 ކްރޯރް ކްލަބާ މެދު ނުވިސްނަންވީ ސަބަބެއް ނެތް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ކުރިއާ އަޅާ ބަލާއިރު ފިލްމު ބަލަން ތިއޭޓަރަށް ދާ މީހުންގެ ޢަދަދު މިހާރު އިތުރު ވެފައިވާއިރު އެއްހާސް ކްރޯރްއަށް ވާސިލުވުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މީޑިއާގައި ސަލްމާން ވަނީ ބުނެފައެވެ. ސަލްމާން ޚާން މި މޭރުމުން ވާހަކަ ދައްކާފައި ވާއިރު މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމުތަކުގެ ތެރޭ ފިލްމު "ޖަވާން"، "ގަދަރު2" އަދި "ޕަތާން" ހިމެނެއެވެ.

ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދިން "ކިސީކާ ބާއި ކިސީ ކާ ޖާން"އަށްފަހު އެންމެ އަވަހަށް އެކްޓަރު ފެންނާނީ މި އަހަރުގެ ނޮވެމްބަރު 10 ގައި ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ފިލްމު "ޓައިގާ3"އިންނެވެ.

comment ކޮމެންޓް