އެމްއައިބީގެ ފައިސާ މޯބައިލްއިން މިހާރު ވަގުތުން އެހެން ބޭންކު ތަކަށް ޓްރާންސްފާކޮށް ފައިސާ ފޮނުވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއައިބީއިން މިއަދު ބުނީ މިހާރު ވަކިން ފައިސާ ނެޓަށް ނުވަދެ ވެސް އެ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު އެ ބޭންކުގެ ކަސްޓަމަރުންނަށް ސެލްފް ރެޖިސްޓްރޭޝަން މެދުވެރިކޮށް އަމިއްލައަށް ފައިސާ ނެޓަށް އަދި ފައިސާ މޯބައިލްއަށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށް ބުންޏެވެ.
އަމިއްލައަށް ރެޖިސްޓާ ވެލުމަށްޓަކައި ފައިސާނެޓުގެ އެޕު މެދުވެރިކޮށް ފުރިހަމަ ކުރަން ޖެހޭ މައުލޫމާތުތައް ފުރިހަމަ ކޮށްލުމަށްފަހު، ޕްރޮސީޑަށް ފިތާލުމުން އަމިއްލައަށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކުގެ ފައިސާނެޓަކީ ޓޫ ފެކްޓާ އޯތެންޓިކޭޝަންއާއެކު ވަރަށް ރައްކާތެރި ޚިދުމަތެއް ކަމަށެވެ.
ފައިސާނެޓަކީ ބޭނުންކުރަން ފަސޭހަ، ރައްކާތެރި އަދި ގިނަ ޚިދުމަތްތަކެއް ލިބޭ އިންޓަނެޓް ބޭންކިން ޚިދުމަތެކެވެ.
ދާދި ފަހުން އެމްއައިބީން ވަނީ ފަވަރައަށް ޚާއްސަ ސެކްޝަނެއް ފައިސާނެޓުގެ އެޕުގައި ހަދާފައެވެ. މި ހިދުމަތް ބޭނުންކުރުމަށް އެމްއައިބީގެ ފައިސާ ނެޓަށް ލޮގިންވެ، މެނޫއިން ފަވަރަ ހިޔާރު ކުރުމަށްފަހު ބޭނުން ހިދުމަތެއް ނެގޭނެއެވެ.