ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ އަލިޒޭ ބޮލީވުޑަށް ނެރޭ ފިލްމަކީ ''ފައްރޭ''

ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ އަލިޒޭ ބޮލީވުޑަށް ނެރޭ ފިލްމަކީ ''ފައްރޭ'' ---

"ފައްރޭ" މި ނަމަކީ ވޭތުވެދިޔަ ދެ ތިން ހަފުތާއެއްގެތެރޭ ފިލްމީ ދާއިރާގެ ގިނަ ބަޔަކު ބޭނުން ކޮށްފައިވާ ނަމެކެވެ. އެހެންނަމަވެސް މި ނަމުގެ ހަގީގަތެއް އެއްވެސް ބަޔަކަށް އޭރު ނޭނގުނު ނަމަވެސް "ފައްރޭ" މި ނަމުގެ ހަޤީޤަތް މި ވަނީ ފަޅާ އަރާފައެވެ.

މި ނަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނެތް ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ މިއީ ސަލްމާން ޚާންގެ ޢާއިލާއަށް ނިސްބަތްވާ ޒުވާން އަލިޒޭ ބޮލީވުޑަށް ތަޢާރަފްވާ ފިލްމުގެ ނަން ކަމުގައެވެ.

މިފިލްމާ ގުޅޭ ތަފުސީލުތައް ސަލްމާން ޚާން ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެކަމަށާއި އަލިޒޭ ބޮލީވުޑަށް ނެރޭނީ ފިލްމު "ފައްރޭ"އިން ކަމެއް މުޅީން ކަށަވަރު ނުވާކަމަށް ވެސް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ. ސަބަބަކީ އަލިޒޭ މިހާރުވެސް "ބުޅިޔާ ސިންގް: ބޯން ޓު ރަން" ނަމުގައި އުފައްދާ ފިލްމަކަށް ސޮއިކޮށްފައި ވާތީއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ސޯމެންދުރަ ޕަދީ ޑައިރެކްޓުކުރާ މިފިލްމުގެ މަސައްކަތްވެސް އަލިޒޭ އާއެކު މިހާރު ވަނީ ފެށިފައެވެ. އެހެންނަމަވެސް ބޮޑަށް ބެލެވެނީ އަލިޒޭ ބޮލީވުޑަށް ނެރޭ ފިލްމަކަށް ވާނީ މިހާރު އެންމެ ގަދަޔަށް އެ ފިލްމެއްގެ ވާހަކަ ދެކެވޭ "ފައްރޭ"އިން ކަމަށެވެ.

އަލިޒޭއަކީ ސަލްމާން ޚާންގެ ކޮއްކޮ އަލްވިރާ ޚާންއާއި ކުރީގެ އެކްޓަރު އަތުލް އަގްނި ހޯތުރީ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސަލްމާން ޚާން އަކީ ސަލްމާންގެ ޢާއިލާގެ ހުރިހާ މެމްބަރުން ދެކެވެސް ވަރަށް ލޯބިވާ އާއިލާގެ ހުރިހާ މެމްބަރުންނަށް ވެސް އަބަދުވެސް ކަންކަމުގައި މަގުފަހިކޮށްދިނުމުގެ ލާމަސީލު މިސާލެކެވެ. އެގޮތުން އަލިޒޭ އަކީވެސް ސަލްމާންގެ ދިރިއުޅުމުގައި ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ކުއްޖެކެވެ.

comment ކޮމެންޓް