ބެލުންތެރިން ހިތްހަމަޖެއްސުމަށް ކެޓްރީނާއާއެކު ފިލްމެއް ނުކުޅޭނަން: ވިކީ

ބެލުންތެރިންގެ ހިތްހަމަ ޖެހުމަކަށް ކެޓްރީނާއާއެކު ފިލްމެއް ނުކުޅޭނެ ކަމަށް ވިކީ ބުނޭ --

ކެޓްރީނާއެކު ފިލްމު ކުޅުނުގެ ޝައުގުވެރިކަން ހުރި ނަމަވެސް ބެލުންތެރިންގެ ހިތް ހަމަޖެހުމަށް އެކީގައި މަސައްކަތް ނުކުރާނެކަމަށް ކެޓްރީނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.

ދެ ތަރިން ހިމަނައިގެން އުފައްދާ ފިލްމަކީ ކެޓްރީނާއާއި ވިކީ އެކީގައި ސްކްރީނުން ފެންނަން ބޭނުންވުމުގެ ބަދަލުގައި އޮށްޓަރު ހުރި ދެ ތަރިންވެސް އެ ސްކްރިޕްޓަކަށް ފެތޭނެ ފިލްމަކަށް ވުން ވަރަށް މުހިއްމުކަމަށް ވިކީ ވަނީ ބުނެފައެވެ.

ވިކީއާއި ކެޓްރީނާގެ ކައިވެންޏަށް މި އަހަރު ތިން އަހަރު ފުރިފައިވާއިރު ދެމަފިރިން އެކީގައި ސްކްރީނުން ފެންނާނެ އިރަކާ ބެހޭގޮތުން ސަޕޯޓަރުން އަބަދުވެސް ސުވާލުކުރާ ކަމަށް ވިކީ ވަނީ ބުނެފައެވެ. އެހެންނަމަވެސް ބެލުންތެރިންގެ ހިތް ހަމަޖައްސާލުމުގެ ބޭނުމުގައި ނަމެއްގައި ފިލްމެއް ކުޅުމަކީ ދެ ފަރާތަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ނޫންކަމަށް ވިކީ ފިލްމުފެއާ ނިވްސްއަށް ދިން އިންޓަވިއުއެއްގައިވަނީ ބުނެފައެވެ.

ބެލުންތެރިން ބޭނުންވަނީ ވިކާ ކޯޝަލްއާއި ކެޓްރީނާ ހިމެނޭ އާއިލީ ފިލްމެއް އޭގަ ލޯބީގެ ރަހަތަކާއެކުވެސް ސްކްރީނަށް އަންނާނެ ދުވަހެއް އަވަސް ފުރުސަތެއްގައި ފަހިވުމެވެ.

އިއްޔެ ރިލީޒް ކުރެވުނު ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިކީ ބުނެފައިވަނީ ބެލުންތެރިންނެކޭ އެއްގޮތަށް ވިކީގެ އުއްމީދަކީ ވަރަށް ތަފާތު ސްކްރިޕްޓަކާއެކު ކެޓްރީނާއާއި ވިކީ އެކީގަ އެއް ފިލްމެއްގައި މަސައްކަތްކުރާނެ ދުވަހެއް އައުމެވެ.

ކައިވެންޏަށްފަހު ދެ ތަރިން އެކީގައި ފިލްމަކުން ފެނިފައި ނެތް ނަމަވެސް ބައެއް އިވެންޓުތަކުންނާ އިންޓަވިއުތަކުގަ ވިކީއާއި ކެޓްރީނާ ވަނީ ބައިވެރިވެފައެވެ. ވިކީގެ ކުރިޔަށް ހުރި ފިލްމުތަކުގެތެރޭ ރޮނީ ސްކްރޫވާލާގެ "ޝާމް ބަހާދުރު" ރާޖުކުމާރު ހިރާނީގެ ފިލްމު "ޑުންކީ" އަދި ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "މެރެ މެހެބޫބް މެރެ ސަނަމް" ހިމެނެއެވެ.

ބަތަލާ ކެޓްރީނާގެ ފިލްމެއް އެންމެ ފަހުން ރިލީޒްވެފައި ވަނީ މިދިޔަ އަހަރުއެވެ. ކެޓްރީނާގެ ފިލްމު "ޓައިގާ3" މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތާވަލުކުރެވިފަވާއިރު މިއަހަރުގެ ޑިސެމްބަރު މަހު ފިލްމު "މެރީ ކްރިސްމަސް" ރިލީޒްކުރުމަށްވަނީ ތާވަލުކުރެވިފައެވެ.

comment ކޮމެންޓް