120000 ޑޮލަރުގެ އަގުހުރި އާޓް ވޯކެއްގައި ބޭނުންކޮށްފައިވާ ދޮންކެޔޮވަކެއް ކާލައިފި

ސަތޭކަ ވިހިހާސް ޑޮލަރުގެ އަގުހުރި އާޓް ވޯކެއްގައި ބޭނުންކޮށްފައިވާ ދޮންކެޔޮވަކެއް, ދެކުނުކޮރެއާގެ ސްކޫލު ދަރިވަރަކު ކާލައިފިއެވެ.

ސޯލްގައި ހުންނަ ލީއަމް މިއުޒިއަމަށް ޒިޔާރަތްކުރި ދަރިވަރަކު، ދޮންކެޔޮވަށް ކާލީ އޭނާ ބަނޑުހައިވެގެން ކަމަށް ބުނެފައެވެ. ދޮންކެޔޮ ކާލުމަށްފަހު، ތޮށިގަނޑު އޭނާ ވަނީ އާޓްވޯކްގައި އިންގޮތަށް ފާރުގައި ހަރުކޮށްފައެވެ. އަދި މި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ.

މިކަމާއި ގުޅިގެން އެ ދަރިވަރާއި ދެކޮޅަށް މިއުޒިއަމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އަދި އޭނާ ހަރުކުރި ދޮންކެޔޮ ތޮށިގަނޑު ބަދަލުކޮށް އާ ދޮންކެޔޮވަކެއް އާޓްވޯކުގައި ހަރުކޮށްފައިވާކަމަށް މިއުޒިއަމުން ހާމަކޮށްފައިވެއެވެ. މި ހާދިސާ ހިނގުމުގެ ކުރިން ވެސް ކޮންމެ ތިން ދުވަހަކުން، އެ ދޮންކެޔޮވަށް ބަދަލުކުރާކަމަށް މިއުޒިއަމުން ބުނެފައިވެއެވެ.

އިޓަލީވިލާތުގެ އާޓިސްޓެއް ކަމަށްވާ މައުރިޒިއޯ ކެޓެލަންގެ ބަނާނާ އާރޓްވޯކަކީ، ކޮމޭޑިއަންގެ ނަން ދީފައިވާ އާޓްވޯކެކެވެ. ޑަކްޓޭޕްލައިގެން ފާރުގައި ހަރުކޮށްފައި އިންނަ ދޮންކެޔޮވަކެއް ދައްކުވައިދޭ "ކޮމޭޑިއަން" އާޓްވޯކުގެ ފުރަތަމަ ކޮޕީއާއި ދެވަނަ ކޮޕީވެސް ވިއްކާފައިވަނީ، 120،000 އެމެރިކާ ޑޮލަރަށެވެ.

comment ކޮމެންޓް