އުމުރު ދުވަހު ޒުވާންކޮށް ހުންނަން މަހުޖަނެއްގެ ދެ މިލިއަން ޑޮލަރު ރޫޓީން

އުމުރާއި ޒުވާން ކަމަކީ އެކަކަށް ވެސް ކޮންޓްރޯލު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ނަމަވެސް އެކަމާ ދެކޮޅަށް އަޑު އުފުލާ އަބަދުވެސް ޒުވާން ކަން މަތީ ހުންނަން ބޭނުންވާ މަހުޖަނެއް ކަމަށްވާ ބްރާޔަން ޖޯންސަން އަންނަނީ ޒުވާންކަން މަތީގައި ހުރުމަށް އެތައް ކަމެއް ކުރަމުންނެވެ.

އުމުރުން 45 އަހަރުގެ ބްރާޔަން އަކީ އަމިއްލަ ކުންފުންޏެއް އުފައްދައި އެ ވިއްކާލައިގެން ބިލިއަނަރަކަށް ވެފައިވާ މަހުޖަނެކެވެ. ކާނެލް އަކީ ސިކުނޑީގެ އެކްޓިވިޓީތައް މޮނިޓާކޮށް ރިކޯޑު ކޮށްދޭ ޑިވައިސްތައް އުފައްދާ ކުންފުންޏެކެވެ.

ނަމަވެސް އޭނާގެ މައިގަނޑު ޝައުގުވެރިކަން މިހާރު ހުރީ އޭނާގެ އުމުރު ދިގުކޮށް މުޅި އުމުރު ދުވަހު ޒުވާންކަން މަތީ ހުރުމަށް މަސައްކަތް ކުރުމަށެވެ. އެގޮތުން މި ކަމަށް ޝައުގުވެރިކަން ބްރާޔަން އުފެދުނީ މީގެ ދެ އަހަރެއް ކުރީންނެވެ. އޭގެ ކުރީން އޭނާ ދިރިއުޅެމުން ދިޔައީ ސިއްހަތަށް އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބްރާޔަން ގަބޫލު ކުރެއެވެ.

ދުޅަހެޔޮ ސިއްހަތަކާ ދިމާލަށް މިސްރާބު ޖެހުމާއެކު އާ ކަންތައްތައް އޭނާ ދިރާސާ ކުރަން ފެށިއެވެ. އަދި އެއާއެކު ގޯލަކަށް ވެގެން ދިޔައީ އަބަދުވެސް ޒުވާންކަން މަތީގައި ހުރުމަށެވެ. ބްރާޔަންގެ ޒުވާންކަން މަތީގައި ހުރުމަށް އޭނާ ވަނީ ބޮޑު ރޫޓީން އެއް ވެސް ތައްޔާރުކޮށްފައެވެ. މި ރޫޓީން އަށް އޭނާ އަހަރެއްގެ މައްޗަށް ދެ މިލިއަން ޑޮލަރު ހޭދަ ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއެވެ.

ޒުވާން ކޮށް ހުރުމަށްޓަކައި ބްރާޔަން ކުރާ ކަންތައްތަކުގެ ތެރޭގައި،

  • ފަތިހު 0430ގައި ކޮންމެ ދުވަހު ހޭލުން
  • ތިން ކެއުމެއް، ހުރިހާ ކެއުމެއް ހެނދުނު 11:30 ގެ ކުރިން ކައި ނިންމާލުން
  • ތަފާތު އެކި ސަޕްލިމެންޓްތައް ހިމެނޭ 100 ބޭސް ގުޅަ ކޮންމެ ދުވަހަކު ކެއުން
  • އިލެކްޓްރޯ މެގްނެޓިކް ޑިވައިސްގައި އިށީނދެ ހަށިގަނޑު ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން
  • ކޮންމެ ދުވަހަކު އެލްއީޑީ ލައިޓުގެ ދަށުގައި އެތައް ގަޑިއިރު އިނުން
  • ހަންގަނޑު ޒުވާންކަން މަތީ ބެހެއްޓުމަށް ކޮންމެ ދުވަހަކު ރެޑް ލައިޓް ތެރަޕީ ހެދުން
  • ޑައިޓުގައި ހަމައެކަނި އެކި ކަހަލަ ނަޓްތަކާއި ފެހި ތަރުކާރީ އަދި މަޝްރޫމް ބޭނުންކުރުން
  • ރޭގަނޑުގެ 0830ގައި ނިދަން ދިޔުން
  • ހެނދުނަށްފަހު އެއްވެސް ވަރަކަށް ބޭރަށް ނުދިޔުން
  • އެކުވެރިންނާއި އެހެން ގާތް މީހުންނާ ވެސް ރޭގަނޑު އަދި ހަވީރު ބައްދަލު ނުކުރުން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު