ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ޓަވަރުން ގެއްލިގެން ހޯދަމުން ދިޔަ ހއ. ދިއްދޫ، ގުލްފާމްގެ އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރު ފެނިއްޖެއެވެ.
ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ މިއަދު 16:40 ކަން ހާއިރު މާލެއިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ މާހިރު ފުލުހުން ހޯދަން ފެށީ ހުކުރަށް ދާން ނުކުތް ފަހުން ޚަބަރެއް ނުވެގެން ފުލުހުން ރިޕޯޓުކުރުމުންނެވެ.
ފުލުހުން މީގެ ކުރިން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.