ކުރިއަށް އޮތް ގައުމީ ދުވަހާ ގުޅިގެން އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް ބަންދު ވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ގައުމީ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.
އެ ހޮސްޕިޓަލުން ބުނީ ގްރޫޕް އޮފް ހޮސްޕިޓަލްސް ސްޕެޝަލިސްޓްސް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް އެ ދުވަހު ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް ބަންދުނުވާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މި ފަހަރު ގައުމީ ދުވަސް ދިމާވަނީ ހަފުތާ ބަންދާއެވެ. އެހެން އަހަރުތަކުގައި ވެސް ގައުމީ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އާންމުކޮށް ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކާއި އޮފީސްތަކެއް އެ ދުވަހު ބަންދު ވާނެއެވެ.