ހޯރަފުށީ އެއާޕޯޓުގެ ޖެޓީގެ މަސައްކަތް ނިންމާލައިފި

ހޯރަފުށީ އެއާޕޯޓް ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫ--

ހއ. ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ނެތުމުން އެ އަތޮޅުގެ ރަށްތަކުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ އެއާޕޯޓުގައި ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ޖެޓީ ހުޅުވާލުމުން، އުތުރުގެ ރަށްތަކުގެ ދަތުރުފަތުރު އެތައް ގުނައެއް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ، މޫސުން ގޯސްވާ ދުވަސްވަރުގައި ގަލަންދޫގެ ގަދަ ކަނޑު ހުރަސްކޮށް ހަނިމާދޫ އެއާޕޯޓަށް ދިއުމުގެ ބަދަލުގަައި ހޯރަފުށްޓާއ،ި އިހަވަންދުއާއ،ި ތުރާކުނާއި އުލިގަމުގެ އިތުރުން މޮޅަދޫގެ ރައްޔިތުންނަށް ދެން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ކަމަށެވެ.

އެ ޖެޓީގެ ސަބަބުން، އެއާޕޯޓުގެ ޚިދުމަތް ބޭނުން ކުރާ ގިނަ ރައްޔިތުންތަކަކަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކުރިން އެއާޕޯޓަށް ކުރަން ޖެހޭ އެއްގަމު ދަތުރު ދެން ކުރަން ނުޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހޯރަފުށީ އެއާޕޯޓް ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫ--

ހޯރަފުށީ އެއާޕޯޓަށް ދާ އެހެން ރަށްތަކުގެ މީހުން މިހާރު ފުރަތަމަ ދާން ޖެހެނީ ހޯރަފުއްޓަށެވެ. އެއަށްފަހު އެއާޕޯޓަށް ދާން ޖެހެނީ ޓެކްސީއެއްގައި ދިގު ދަތުރެއްކޮށްފައެވެ.

އެ މައްސަލަ ފާހަގަކޮށް އުތުރުގެ ރަށްތަކުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެމްޓީސީސީން ބުނީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫގެ ދަށުން 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 44 މީޓަރުގެ އެއްގަމުތޮށި ލުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޖެޓީ ސަރަހައްދު ހިމާޔަތް ކުރުމާއި 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމުގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ ސަރުކާރުން 5.65 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލު ކޮށްފައި އޮތް މަސައްކަތެކެވެ.

comment ކޮމެންޓް