އޯޕަން އޭއައިގެ ޖީޕީޓީ-4 ފަދަ ބާރުގަދަ އޭއައި މޮޑެލްއެއް މެޓާއިން ތަމްރީނު ކުރަނީ

މެޓާއިން ދަނީ އޯޕަންއޭއައިގެ އެންމެ ފަހުގެ ޗެޓްބޮޓް ޖީޕީޓީ-4 ފަދަ ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ތަމްރީނު ކުރަން ތައްޔާރުވަމުން --

އޯޕަންއޭއައިގެ އެންމެ ފަހުގެ ޗެޓްބޮޓް ޖީޕީޓީ-4 ފަދަ ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ތަމްރީނު ކުރަން މެޓާއިން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުފެތުރިއްޖެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޓާއިން ދަނީ އިތުރު އެންވިޑިއާ އެޗް100 އޭއައި ޓްރެއިނިން ޗިޕްސް ގަނެ، އާ ޗެޓްބޮޓް ތަމްރީނު ކުރުމަށް އެކުންފުނީގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަމުންނެވެ.

އެ ރިޕޯޓްގައި ބުނާ ގޮތުން އެ ކުންފުނިން 2024 ވަނަ އަހަރުގެ ކުރީކޮޅު އާ ލާޖް ލެންގުއޭޖު މޮޑެލް (އެލްއެލްއެމް)އެއް ތަމްރީނު ކުރަން ފަށަން ވަނީ ނިންމައިފައެވެ.

މެޓާގެ އޭއައި ޓޫލްސް އުފެއްދުމުގެ މަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާއިރު، އެ ފުރުސަތު އެންމެ ފުރަތަމަ ކުންފުނިތަކާއި ރިސާޗަރުންނަށް ހިލޭ ލިބޭނެ ކަމަށް ބެލެވެއެވެ.

އާ އޭއައި މޮޑެލް ހެދުމަށް މެޓާއިން ގުރޫޕެއް އެކުލަވާލާފައިވާއިރު، އޭގެ އަމާޒަކީ އިންސާނުންގެ ޝުއޫރުތައް ނަކަލުކުރެވޭނެ އޭއައި ޓޫލްސް އުފެއްދުން އަވަސް ކުރުން ކަމަށް އެ ނޫހުގައިވެ އެވެ.

އާ ކޯޑް އުފައްދައި އިންސާނުން ލިޔެފައިވާ މަސައްކަތްތައް ޑިބަގް ކުރުމަށް އެ ކުންފުނިން ވަނީ ކޯޑް ލާމާގެ ނަމުގައި އަމިއްލަ އޭއައި ޓޫލެއް މިދިޔަ މަހު ތައާރަފުކޮށްފައެވެ. އެލްއެލްއެމް މެދުވެރިކޮށް ޓެކްސްޓް ޕްރޮމްޕްޓް ބޭނުންކޮށްގެން ކޯޑް އުފައްދައި މަޝްވަރާ ކުރެވޭނެއެވެ.

"ކޯޑް ލާމާއިން ކޯޑިން ޓާސްކްތަކުގައި އާންމުކޮށް ލިބެން ހުރި އެލްއެލްއެމްތަކަށް އެންމެ ޒަމާނީ ފެންވަރުގެ އެލްއެލްއެމް ލިބޭއިރު، އޭގެ ސަބަބުން ޑިވެލޮޕަރުންނަށް ވޯކްފްލޯ އަވަސްވެ، ހަރުދަނާވެ، ކޯޑް ކުރަން ދަސްކުރާ މީހުންނަށް ވަނުމަށް އޮތް ހުރަސް ކުޑަކުރުމުގެ ފުރުސަތު އެބައޮތް،" މެޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޯޑް ލާމާއަކީ ޕްރޮގްރާމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ލިޔެވިފައިވާ ސޮފްޓްވެއާލިޔުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފެއްދުންތެރިކަމާއި ތައުލީމީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.

ކޯޑް ލާމާ އަކީ ލަމާ 2ގެ ކޯޑް-ސްޕެޝަލައިޒްޑް ވާޝަނެކެވެ. މިއީ އެ ކުންފުނީގެ ކޯޑް-ސްޕެސިފިކް ޑޭޓާސެޓްތަކުގައި ލަމާ 2 އިތުރަށް ތަމްރީނުކޮށް، އެ ޑޭޓާސެޓުން އިތުރު ޑޭޓާތައް ދިގު މުއްދަތަކަށް ސާމްޕަލް ނަގައިގެން އުފެއްދި ވާޝަނެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޒަކަބާގް ވަނީ އެ ކުންފުނިން އާ "ޓޮޕް ލެވެލް" ޕްރޮޑަކްޓް ޓީމެއް އުފައްދަމުން އަންނަ ކަން އިއުލާންކޮށް، ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އިސްކަން ދޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް